ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 22:08
ހާލަންޑުގެ ހެޓްރިކް ފުރިހަމަކުރުމަށްފަހު އުފާފާޅުކުރަނީ
ހާލަންޑުގެ ހެޓްރިކް ފުރިހަމަކުރުމަށްފަހު އުފާފާޅުކުރަނީ
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ހާލަންޑުގެ ހެޓްރިކާއެކު ސިޓީ އެއްވަނައަށް
 
ސިޓީން މެޗު ކާމިޔާބުކުރީ ކްރިސްޓަލްއިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރައި 4 ލަނޑު ޖަހައިގެން
 
ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ 10 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-2ންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑްނެގީ ކްރިސްޓަލް ޕެލެސްއިންނެވެ. ސިޓީން މެޗު ކާމިޔާބުކުރީ ކްރިސްޓަލްއިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.

ކްރިސްޓަލްގެ ފުރަތަމަ ލަނޑަކީ މެޗުގެ ހަތަރުވަނަ މިނެޓުގައި ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޔޮއާކިމް އެންޑަރސަން ވަނީ ކްރިސްޓަލްއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި ސިޓީގެ ހަތަރު ލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ސިޓީއަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާއެވެ. ޓީމާ އަލަށް ގުޅުނު ހާލަންޑް ވަނީ މި މެޗުގައި ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މިއީ ސިޓީގައި ހާލަންޑް ހެދި ފުރަތަމަ ހެޓްރިކެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވުމުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ހަތަރު ޕޮއިންޓާއެކު ކްރިސްޓަލް ޕެލެސް އޮތީ ތާވަލުގެ 13 ވަނާގައެވެ.

ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލިވަޕޫލް ވަނީ 9-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބޯންމައުތުގެ މައްޗަށް ކުރިހޯދާފައެވެ. ސައުތެމްޕްޓަންގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑް ކުރިހޯދީ 1-0ންނެވެ. ލީޑްސް ޔުނައިޓެޑް އަތުން 1-0ން ބްރައިޓަން މޮޅުވިއިރު، ޗެލްސީ ވަނީ 2-1ން ލެސްޓަރ ސިޓީ ބަލިކޮށްފައެވެ. ބްރެންޓްފޯޑާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް