ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 20:29
ބުރޫނޯ ފެނާންޑޭޒް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ބުރޫނޯ ފެނާންޑޭޒް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
އިނގިރޭސި ޕްރިމިއަރ ލީގު
ވިދިވިދިގެން ދެވަނަ މޮޅާއެކު ޔުނައިޓެޑަށް އިތުބާރު
 
ހަތަރު މެޗުން ހަ ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ހަތްވަނާގައި

ފުރަތަމަ ދެ މެޗުން ބަލިވެ, ފާޑުކިއުންތައް އަމާޒުވި މެންޗެސްޓަރ ޔުނައިޓެޑުން ވިދިވިދިގެން ދެވަނަ މެޗުން މޮޅުވެ އިތުބާރު ހޯދައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ދެވަނަ މޮޅު ހޯދީ ރަށުން ބޭރުގައި ސައުތުހެމްޓަން ބަލިކޮށްގެންނެވެ. މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-0ންނެވެ. ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ޖެހީ ބުރޫނޯ ފެނާންޑޭޒްއެވެ. ރަށުން ބޭރުގައި ޔުނައިޓެޑް މިމޮޅުވީ ހަތް މެޗަށްފަހުއެވެ. މިމެޗަށްވެސް އެރިކް ޓެން ހާގުގެ ފުރަތަމަ އެގާރައިން ޑިފެންޑަރ ހެރީ މެގުއާއާއި ފޯވާޑް ރޮނަލްޑޯއަށް ފުރުސަތެއް ނުދެއެވެ. ރޮނަލްޑޯއަށް މެޗުން ފުރުސަތު ދިނީ 1-0ން ކުރީގައި ވަނިކޮށް, 68 ވަނަ މިނިޓްގައެވެ. އެއީ ސަންޗޯގެ ބަދަލުގައެވެ. މިހަފްތާގައި ޔުނައިޓެޑާ ގުޅުނު ބްރެޒިލް މިޑްފީލްޑަރ ކަސެމީރޯ ކުޅެން ނިކުތީ މެޗުގެ ފަހު 10 މިނިޓަށެވެ.

ފުރަތަމަ ދެ މެޗަށްފަހު ލީގު ތާވަލްގެ ފުލުގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް މިހާރު އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެން ހަތް ވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް