Advertisement
ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 22:19
ޕްލޭސްމަންޓް ފެއަރގެ ޑިޖިޓަލް ޕާޓްނަރެއްގެ އެއްބަސްވުން ބަދަލުކުރަނީ
ޕްލޭސްމަންޓް ފެއަރގެ ޑިޖިޓަލް ޕާޓްނަރެއްގެ އެއްބަސްވުން ބަދަލުކުރަނީ
ދިރާގު
އިންޓަރނޭޝަނަލް އެޑިއުކޭޝަން ފެއަރ
6 ވަނަ އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއަރގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މި ފަހަރުގެ ފެއަރ އިންތިޒާމުކުރަނީ ސިންގަޕޫރުގެ ނިއު މިލޭނިއަމް ކޮންސެޕްޓުން
މި ފެއަރ ކުރިއަށްދާނީ 26-27 އޯގަސްޓު 2022ގެ ނިޔަލަށް

މިއަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއަރގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި ބާއްވާ މި އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއަރގެ 6 ވަނަ އެޑިޝަނެވެ. މި ފަހަރުގެ ފެއަރ އިންތިޒާމްކުރަނީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ ނިއު މިލޭނިއަމް ކޮންސެޕްޓުންނެވެ. 26-27 އޯގަސްޓު 2022ގެ ނިޔަލަށް ކުރިއަށްދާ މި ފެއަރ އޮންނާނީ މީރުމާ އިވެންޓްސް ހޯލްގައެވެ. މި ފެއަރގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެގޮތުގައި ޓޫރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.  

Advertisement

މި ފެއަރ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޔުނިވަރސިޓީ، ކޮލެޖް، އަދި ޕޯސްޓް ސެކަންޑަރީ ތައުލީމުދޭ މަރުކަޒުތަކުގައި ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި ޕްލޭސްމަންޓް ފުރުސަތުތަކާބެހޭ އިތުރު މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން ދިރާގުން މުޅި ފެއަރގައި ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ. އަދި ދިރާގުން އަބަދުވެސް ދަނީ ދިވެހިރާއްޖޭގެ އެޑިއުކޭޝަން ދާއިރާ ކުރިއަރުވާ ޒުވާނުންނަށް އިތުރު ފުރުސަތުތައް މަގުފަހިވާނެ ތަފާތު މަސައްކަތްތަކަށް އެއްބާރުލުންދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް