ކ. މާލެ
|
25 އޯގަސްޓް 2022 | ބުރާސްފަތި 20:15
އަލެކްސެންޑަރ އީސާކްގެ
އަލެކްސެންޑަރ އީސާކްގެ
ބީބީސީ
ސަމަރ ޓްރާންސްފަރ
ނިއުކާސަލްގެ ރެކޯޑު އަގަކަށް އީސާކް ހޯދަނީ
އީސާކްއަކީ ސްވިޑެންގެ ގައުމީ ޓީމުގައިވެސް ފާހަގަކުރެވޭ މުހިންމު ކުޅުންތެރިއެއް
އީސާކްގެ ސޮއި ނިއުކާސަލްއިން ހޯދަނީ 60 މިލިއަން ޔޫރޯއަށް

ކްލަބުގެ ރެކޯޑު އަގަކަށް އަލެކްސެންޑަރ އީސާކްގެ ސޮއި ހޯދުމަށް ނިއުކާސަލްއިން ތައްޔާރުވެއްޖެއެވެ.

ރިޕޯތުތައް ބުނާގޮތުން ރެއާލް ސޮސެއިޑާޑަށް ކުޅެމުން އަންނަ އީސާކްގެ ސޮއި ނިއުކާސަލްއިން ހޯދަނީ 60 މިލިއަން ޔޫރޯއަށެވެ. ނިއުކާސަލްއިން މިހާތަނަށް އެއް ކުޅުންތެރިއަކު ހޯދުމަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ޖޯލިންޓަން ހޯދުމަށެވެ. އޭނާ ހޯދުމަށް 2019 ވަނަ އަހަރު ނިއުކާސަލްއިން ވަނީ 40 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ.

ރެއާލް ސޮސެއިޑާޑްގެ ސްޓްރައިކަރު އީސާކް މީގެކުރިން ވަނީ ބޮރޫޝިޔާ ޑޯޓްމަންޑަށްވެސް ކުޅެފައެވެ. ޑޯޓްމަންޑުގައި އޭނާ ވަނީ ކުޅުނު 132 މެޗުގައި 44 ލަނޑު ޖަހާފައެވެ.

އީސާކްއަކީ ސްވިޑެންގެ ގައުމީ ޓީމުގައިވެސް ފާހަގަކުރެވޭ މުހިންމު ކުޅުންތެރިއެކެވެ. ސްވިޑެން ޓީމަށް އޭނާ ވަނީ 37 މެޗު ކުޅެދީ މިހާތަނަށް 9 ލަނޑު ޖަހާފައެވެ.

- ކޮމެންޓް