ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 14:38
ރައީސް ސާލިޙާއި، މަބްރޫކު އަޒީޒް
ރައީސް ސާލިޙާއި، މަބްރޫކު އަޒީޒް
ރައީސް އޮފީސް
މަބްރޫކް އިސްތިއުފާ ދެއްވުން
މަބްރޫކްގެ ޚިދުމަތަށް ރައީސްގެ ޝުކުރު
 
ކޮވިޑްގެ ތެރޭގައި މަބްރޫކް ދެއްވި އެއްބާރުލެއްވުން ރައީސް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ތަރުޖަމާނުގެ، މުޙައްމަދު މަބްރޫކް ޢަޒީޒުގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ސާލިހު، މަބްރޫކަށް ޝުކުރު އަދާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ މަގާމުން މަބްރޫކް އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ސާލިހު، މަބްރޫކަށް ޝުކުރު އަދާކުރައްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑް-19 ގެ ކާރިސާގެ ތެރޭގައި ރައީސް އޮފީހުގައި ހުންނަވައިގެން މަބްރޫކްގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ވަކިން ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

ރައީސް ވަނީ މަބްރޫކުގެ ހަޔާތުގައި ދެން ހުރި ކަންކަމުގައި ކާމިޔާބީއާއި އުފަލަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މަބްރޫކް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް ޏ. ފުވައްމުލައް، މާލެގަން، މެލޯ، މިޢުވާން މުޙައްމަދު ވަނީ ތަރުޖަމާނުގެ މަގާމަށް ޢައްޔަންކުރައްވާފައެވެ.

މިޢުވާން މުޙައްމަދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު މަބްރޫކް ޢަޒީޒް އިސްތިޢުފާ ހުށަހެޅުއްވުމާއި ގުޅިގެންނެވެ.

މިބަދަލާ ގުޅިގެން، ބުރާސްފަތި ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، މިޢުވާން މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމަށް މިޢްވާން މުޙައްމަދު ޢައްޔަންކުރެއްވުމުގެ ކުރިން މިޢްވާންވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމު އަދާކުރައްވާފައެވެ.

މިޢްވާން އަކީ ސްޓްރެޓިޖިކް މެނޭޖްމަންޓް އެންޑް ލީޑަރޝިޕްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
33%
0%
33%
0%
0%
ކޮމެންޓް
ގުޅުންހުރި