ކ. މާލެ
|
24 އޯގަސްޓް 2022 | ބުދަ 14:27
އެމްސީއެސްއިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު
އެމްސީއެސްއިން ހިންގި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތު
ކަރެކްޝަންސް
ރިހެބިލިޓޭޝަން ޕްރޮގްރާމް
ޖަލަށްލެވިއްޖެނަމަ އިމްރާން ވިއަސް ރައީސް ޔާމީން ވިއަސް ރިހެބިލިޓޭޓް ކުރެވެން ޖެހޭނެ – އިމްރާން
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް މާ ބޮޑު ފޯކަސްއެއް ދީފައި ނެތް
ކަރަކެޝަންސްގެ މުޅި އޮނިގަނޑަށް ބަދަލުތައް ގެނެސްފައިވޭ

ޖަލަށް ލެވިއްޖެނަމަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވިޔަސް ރިހެބިލިޓޭޓް ކުރެވެން ޖެހޭނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާފުށީ ޖަލުގައި ހިންގި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް މާ ބޮޑު ފޯކަސްއެއް ދީފައި ނެތް ކަމަށާއި އެހެން ނަމަވެސް މިހާރު ކަރެކްޝަންސްގެ މުޅި އޮނިގަނޑަށް ބަދަލުތައް ގެނެސްފައިވާ ކަމަށެއެވެ.

އެގޮތުން މުހިންމު އެހެން ކޮމާންޑްތަކާ އެއްހަމައަކަށް ރިހެބިލިޓޭޝަން ކޮމާންޑް ގެނެސް އެކޮމާންޑް ޑިޒައިން ކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ބޭނުންވާ މުވައްޒަފުން ދައުލަތުގެ ނިޒާމުގެ ތެރެއިން ހޯދެން އޮތް އެންމެ ރަނގަޅު ގޮތަށް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ސަރުކާރުން އަމާޒު ހިފާފައިވަނީ ރިހެބިލިޓޭޝަން ކޮމާންޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެވެންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމަށާއި އެ އޮފިސަރުންނަށް ދެވެންޖެހޭ ތައުލީމާއި ތަމްރީނާއި ހުނަރާއި ގާބިލުކަން ލައިދެވުނީމަ ރަނގަޅު ރިހެބިލިޓޭޝަން ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށްވެސް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެންދާނީ އެމަގަށް މަސައްކަތް ކުރެވިގެން ކަމަށާއި އޭރުން ޖަލަށް ވަންނަ ކޮންމެ ގައިދީއަކު ނުކުންނާނީ ރިހެބިލިޓޭޓް ވެގެން ކަމަށެވެ.

އެހިސާބަށް އެކަން ދިޔައިމަ އިމްރާނު ޖަލަށް ލެވުނަސް ރިހެބިލިޓޭޓް ކުރެވެން ވާނެ، ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހެބިލިޓޭޓް ކުރެވެން ވާނެ. އެހެން ބޭފުޅަކު ޖަލަށް ލެވުނަސް ރިހެބިލިޓޭޓް ކުރެވެން ވާނެ. އެއީ އަޅުގަނޑުމެން މިކަން ކުރާނެ ގޮތަކީ. ޖަލަކީ ކޮންމެ މީހަކާ ގުޅޭގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމް ހެދި ރިހެބިލިޓޭޓް ކުރެވިގެން ނުކުންނާނެ ތަނަކަށް ވެގެންދާނެ
މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައީ ޖަލުތައް ރިފޯމް ކުރުމުގެ އެޖެންޑާ ހިފައިގެންކަމަށާއި، އެ މަގަށް ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެކަމަށެވެ.

މިއަދު މިއާދެވުނީ އޭގެތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެއްގެ ނަތީޖާއާ ހަމައަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އަދި ޖަލުގެ ކަންކަން ތަރުތީބުކޮށް ހަރުދަނާ ކުރުމުގެ މަސައްކަތް ފެށިއިރު ކަރެކްޝަންސްގައި ރިހެބިލިޓޭޝަންގެ ފޯކަސް ކުޑަކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް