Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 19:19
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ
މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް
މި ހަތިޔާރަކީ ލީތަލް ހަތިޔާރެއްގެ ގޮތުގައި ކަނޑައަޅާ ޔޫރަޕުގެ ގިނަ ގައުމުތަކުގައި އާއްމު ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުން މަނާކޮށްފައިވާ ހަތިޔާރެއް
މި ހަތިޔާރު އެންމެ ގިނައިން ބޭނުންކުރާ ގައުމަކީ އިސްރާއީލް
އެލްއާރުއޭޑީ އުފައްދާފައިވަނީ އެމެރިކާ އަދި އިޒްރޭލުގެ ޖޮއިންޓް ވެންޗާ ކުންފުންޏަކުން

ހުކުރުދުވަހުގެރޭ އެމްޑީޕީން ކުރި މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) އަކީ ލީތަލް ހަތިޔާރެއްކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ ލީތަލް ހަތިޔާރެއް މީގެ ކުރިން ދިވެހި ސަރުކާރަކުން ރައްޔިތުންނާ ދެކޮޅަށް ބޭނުންކޮށްފައިވަނީ މީގެ 21 އަހަރު ކުރިން 2004 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައިކަމަށެވެ. އަދި އެޔަށް ފަހު ލީތަލް ހަތިޔާރެއް ސަރުކާރުން އިސްވެ ރައްޔިތުންނާ ދެކޮޅަށް ބޭނުން ކޮށްފައި މިވަނީ 3 އޮކްޓޯބަރ 2025 ގައި ކަމަށް ހަމީދު ވިދާޅުވިއެވެ.

ދުނިޔޭގެ ތާރީހުގައި އެލްއާރުއޭޑީ އުފައްދާފައިވަނީ އެމެރިކާ އަދި އިޒްރޭލުގެ ޖޮއިންޓް ވެންޗާ ކުންފުޔަކުން ކަމަށާއި، ނަމަވެސް މިހާރު ރަޝިޔާ އަދި ޗައިނާ ފަދަ ގައުމުތަކުންވެސް މި ހަތިޔާރު ތަރައްގީކޮށްގެން ގެންގުޅޭކަމަށް ހަމީދު ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ރާއްޖޭގައި މި ބޭނުންކޮށްފައިފާ ސޮނިކް ވެޕަން އަކީ އިޒްރޭލުގެ އުފެއްދުމެއްކަމަށް ހަމީދު ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރަނީ މިއީ ލީތަލް ހަތިޔާރެއްގެ ގޮތުގަ. ހާއްސަކޮށް ޔޫރަޕް. ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ކަނޑައަޅާފައިވަނީ މިއީ ލީތަލް ހަތިޔަރެއްގެ ގޮތުގަ. އެލްއާރުޑީއޭ ބޭނުންކުރުމަކީ އިންސާނުންނަށްދޭ ލާއިންސާނީ އަނިޔާއެއްކަމަށް ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ ކަނޑައަޅާފަ.

ގާނޫނީ ވަކީލު މުސްތަފާ ހަމީދު

މި ހަތިޔާރަކީ ލީތަލް ހަތިޔާރެއްގެ ގޮތުގައި ކަނޑައަޅާ ޔޫރަޕުގެ ގިނަ ގައުމުތަކުގައި އާއްމު ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުން މަނާކޮށްފައިވާ ހަތިޔާރެއް، އަދި ދުނިޔޭގެ އެންމެ ހުދުމުހުތާރު ވެރިކަމެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާ ނޯތުކޮރެއާ ގައިވެސް އާމުންނާ ދެކޮޅަށް މި ހަތިޔާރު ބޭނުން ނުކުރާކަމަށް ހަމީދު ވިދާޅުވިއެވެ. ރާއްޖެ އަކީ މުޅި ސައުތު އޭޝިޔާ ސަރަހައްދުންވެސް މި ހަތިޔާރު ބޭނުންކުރި ފުރަތަމަ ގައުމު ކަމަށާއި އަދި މުޅި ދުނިޔެއިންވެސް މި ހަތިޔާރު އެންމެ ގިނައިން ބޭނުންކުރާ ގައުމަކީ އިސްރާއީލްކަމަށް ހަމީދު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ރައީސް މުއިއްޒުގެ ސަރުކާރަށް އަންނަނީ ކުރިމަތިވަމުންނެވެ.

- ކޮމެންޓް