ކ. މާލެ
|
23 އޯގަސްޓް 2022 | އަންގާރަ 19:13
ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ބޭއްވި އަޑުއެހުމުގެތެރެއިން
ވ. އާރަށު ޚިޔާނާތުގެ މައްސަލައިގައި ބޭއްވި އަޑުއެހުމުގެތެރެއިން
ރާއްޖެއެމްވީ
ވ. އާރަށު ޚިޔާނާތުގެ މައްސަލަ
އާރަށު ޚިޔާނާތާގުޅޭ 3 އައިފޯނެއް އެގްޒެމިންކުރި ފަރާތެއްގެ ހެކިބަސް ނަގައިފި
ހެކިވެރިޔާއަކީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތެއް
ފޯނުގައި ހުރި ޑޭޓާއަށް ބަދަލުނުގެނެސް އެ ޑޭޓާތައް އެކްސްޓްރެކްޓްކުރެވޭ ގޮތް ކިޔައިދިން
ފޯނުތައް އެގްޒެމިންކުރުމަށް އޭނާއަށް ލިބިފައިވަނީ 2 ޑިސެމްބަރު 2015ގައި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ލަންޑަންގެ އެމްބަސީ މެދުވެރިކޮށް ނަގާފައިވަނީ ބްރިޓިޝްގެ ރައްޔިތެއްކަމަށްވާ މާރކް އެންޑްރޫގެ ހެކިބަހެވެ. އޭނާއަކީ މި މައްސަލައިގެ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތެކެވެ. އޭނާއަކީ ޑިޖިޓަލް ފޮރެންސިކް އެގްޒެމިނަރއެއްގެ ގޮތުގައި 19 އަހަރު ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.

އޭނާ ވަނީ ފޯނު އެގްޒެމިންކުރެވޭ ގޮތް ތަފްސީލީ ގޮތެއްގައި ކިޔައިދެއްވާފައެވެ. އެގޮތުން ފޯނުގައި ހުރި ޑޭޓާއަށް ބަދަލު ނުގެނެސް އެ ޑޭޓާތައް އެކްސްޓްރެކްޓް ކުރެވޭ ގޮތާގުޅޭގޮތުން އޭނާ ވަނީ ހެކިބަސްދީފައެވެ.

ފޯނުން ޑޭޓާ ނެގުމަށްފަހު އެއާމެދު އަމަލުކުރެވޭ ގޮތްވެސް އޭނާ ވަނީ ޝަރީއަތުގައި ކިޔައިދީފައެވެ.

މި މައްސަލައާ ގުޅިގެން އޭނާ ވަނީ 3 އައިފޯނެއް އެގްޒެމިން ކޮށްފައެވެ. އެ ފޯނުތައް އެގްޒެމިންކުރުމަށް އޭނާއަށް ލިބިފައިވަނީ 2 ޑިސެމްބަރު 2015ގައެވެ. އެ 3 ފޯނުން ނަގާފައިވާ ޑޭޓާތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް އޭނާ ކިޔައިދިނެވެ.

Advertisement

އޭނާ ބުނީ، ފޯނުން އެކްސްޓްރެކްޓްކުރެވުނު ޑޭޓާއަކީ "މެނިޕިއުލޭޓެޑް" ޑޭޓާކަމަށް ބެލެވޭނެކަމެއް ފާހަގަވެފައި ނެތްކަމަށެވެ. އައިފޯނު މަސައްކަތްކުރާގޮތަށް ބަލާއިރު، މެސެޖް އިތުރުކުރުމަކީ އުނދަގޫކަމެއް ކަމަށްވެށާއި، އެގޮތުން ފޮރެންސިކް ރިކަވަރީ ޓޫލްއިން އެކްސްޓްރެކްޓް ކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު، މެސެޖެއް އިތުރުކޮށްފައިވާކަން ނުވަތަ ނޫންކަން އެނގެން އޮންނާނެ ކަމަށާއި، އެފަދަ ކަމެއް މި ފޯނުތަކުން ފާހަގަވެފައި ނުވާކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ފޯނުން ޑިލީޓްކޮށްފައިވާ މެސެޖުތަކެއް މި މައްސަލައިގައިވެސް ރިކަވަރކޮށްފައި ވާނެކަމަށް އޭނާ ބުންޏެވެ.

މި އަޑުއެހުމުގައި ޔޫސުފް ނައީމްގެ ދިފާއީ ވަކީލު ވަނީ ހެކިވެރިޔާ އަތުގައި ދިފާއަށް ލިބިފައިނުވާ ލިއެކިއުންތަކެއް ހުރިކަން ގަބޫލުކުރެއްވޭކަމަށް ވިދާޅުވެފައެވެ. އެ ވާހަކައަށް ރައީސް ޔާމީނުގެ ވަކީލުވެސް ތާއީދު ކުރައްވައެވެ. ޔާމީނުގެ ވަކީލުން ވަނީ ހެކިވެރިޔާ އަތުގައި ހުރި ލިއުންތަކަކީ ކޮބައިކަން އިތުރަށް ކަށަވަރު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ވުމާއެކު، ޝަރީއަތުން ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ޝަރީއަތުން ހަވާލުކޮށްފައިވާ ލިޔުންތައް ފިޔަވައި އިތުރު ލިޔުންތައް ނެގުމަށް ޝަރީއަތުން ވަނީ އަމުރު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް