ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 17:32
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް އެއް ފަަރަށް އެރުން
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް އެއް ފަަރަށް އެރުން
ސޯޝަލްމީޑިއާ
ތިލަމާލެ ބްރިޖު ސަރަހައްދުގައި ހިނގި ހާދިސާ
މިހާރު ކުރިއަށްދަނީ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް: ޕްލޭނިންގ މިނިސްޓްރީ
ޕްލެޓްފޯމް އެންކަރ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ޕްލެޓްފޯމްގެ އެންކަރއަށް ޓެކްނިކަލް މައްސަލައެއް ދިމާވި

ތިލަމާލެ ބްރިޖު އެޅުމަށް ސާވޭ ކުރުމުގެ މަސައްކަތަށް ބޭނުން ކުރަމުން އައި ޕްލެޓްފޯމް އެއް ފަރަށް އަރާފައިވާއިރު މިހާރު ކުރިއަށްދަނީ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ, މާލެ ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭގެ އިރު ދެކުނު ކަންމަތީގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުގެ ބައެއް މަސައްކަަތް ކުރުމަށް އެ ސަރަހައްދުގައި "ސެލްފް އެލިވޭޓިންގ ޕްލެޓްފޯމް" އެއް ބެހެއްޓުމުގެ މަސައްކަތް އޮގަސްޓް 16 ވަނަ ދުވަހު ކުރިއަށް ގެންގޮަސްފައިވާ ކަމަށެވެ. މި ޕްލެޓްފޯމް އެންކަރ ކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ޕްލެޓްފޯމްގެ އެންކަރއަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ.

އެ ސަރަހައްދަކީ މީގެކުރިން ވެސް "ސެލްފް އެލިވޭޓިންގ ޕްލެޓްފޯމް" ބަހައްޓައިގެން ތަނބުގެ ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން ކުރިއަށް ގެންގޮސްފައިވާ ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގައި އެ ޕްލެޓްފޯމް ފަރަށް އެރިކަމުގެ މައުލޫމާތު ފުލުހުންނަށް ފާހަގަކުރެވިފައި ވަނީ އޮގަސްޓް 16 ވަނަ ދުވަހު 14:25 އެހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހިސާބުން ވިލިގިލީ ފުލުހުން މި މައްސަލަ އަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި ހާދިސާގައި 3 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަނިޔާވި މީހުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އޭގެ ތެރެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާ އެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

- ކޮމެންޓް