ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 17:01
ރޮޒޭނަ އާއި ރައީސް ނަޝީދު
ރޮޒޭނަ އާއި ރައީސް ނަޝީދު
ހައްވާ މުހައްމަދު
ސިޔާސީ މަޝްރަހު
ރޮޒޭނާ ރައީސް ނަޝީދަު އަށް" ދިސް އިޒް ޓޫ މަޗް، އެވަރަށް ސެލްފިޝް ވާކަށް ނުވާނެ"
ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ބޭނުންފުޅުވާ ހުރިހާ ކަމެއް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ: ރޮޒޭނާ
ރައީސް ނަޝީދު ވެރިކަން ބޭނުންފުޅު ވެވަޑައިގަންނަވާތީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އެއްބާރުލުމެއް ނުދެއްވާ: ރޮޒޭނާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު އަމަލުކުރައްވަނީ ވަރަށް އަމިއްލަ އެދުން ބޮޑުކޮށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ރައީސް ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަަމުން ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ބޭނުންފުޅުވާ ހުރިހާ ކަމެއް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާ ކަަމަށެވެ. އަދި ބޭނުންފުޅުވާ ގޮތަށް ކަންކަން ނުވެއްޖެ ނަމަ ޕާޓީ އާއި ގައުމަށް އެންމެ ރަނގަޅު ގޮތް ބެލުމުގެ ބަދަލުގައި އަމިއްލަ އެދުން އިސްކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކި ގޮތް ގޮތުން ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ވެރިކަމަށް ވަޑައިގަންނަވަން ކަމަށް ރޮޒޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސްނަޝީދު ވެރިކަން ބޭނުންފުޅު ވެވަޑައިގަންނަވާތީ، ރައްޔިތުންގެ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން އެންމެ ރަނގަޅަށް ނުދެއްވާކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.؛ އަދި ރައީސް ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުން ޕާޓީ އާއި ސަރުކާރަށް ވެސް ގެއްލުންވަމުންދާ ކަަމަށާއި އެމަނިކުފާނުގެ އަމަލުތައް ހުންނަ ގޮތުން އާއްމުންގެ ތަރުހީބުވެސް ރައީސް ނަޝީދަށް ކުޑަވަމުންދާ ކަަަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.

ހުރިހާ ކަމަކީ ރައީސް ނަޝީދު އާއި ގުޅިފައި އޮންނަ ކަންކަމެއް ނޫން ދެއްތޯ؟ ޕްރައިމަރީ އެއް ނުބާއްވަންވީ ރައީސް ނަޝީދު ބޭނުންފުޅު ނުވީމަ، ދެ އަހަރާ ބައިން ވެރިކަން ނިންމާލަންވީ ރައީސް ނަޝީދު އެގޮތަށް ބޭނުންވެލައްވާތީ. އަނެއްކާ މިހާރު ޕްރައިމް މިނިސްޓަރުކަން ދޭން ވެރިކަން ކުރާ ނިޒާމް ބަަލުކުރަންވީ. އަޅުގަނޑަށް ހީވަނީ ދިސް އިޒް ޓޫމަޗް ހެން. އެވަރަށް ސެލްފިޝްވާކަށް ނުވާނެ އިނގޭތޯ.
މެމްބަރު ރޮޒޭނާ

ރޮޒޭނާ ވަނީ ރައީސް ނަޝީދު އާއި ރައީސް ސާލިޙު އާއި ދެބޭފުޅުންގެ ގުޅުން ހީނަރުވުމަކީ އެކަމުގެ ނޭދެވޭ އަސަރު އެމްޑީޕީ އަށް ކުރާނެ ކަމެއް ކަން ފާހަގަކުރައްވާފައެވެ. އަދި ބައެއް ކަންކަމުގައި ރައީސް ނަޝީދުގެ ޚިޔާލުފުޅަކީ އެމްޑީޕީގެ ޚިޔާލު ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމުގެ ސަބަބުން ޕާޓީގެ އާއްމު މެމްބަރުން ނޭދޭ ގޮތަށް ރައީސް ނަޝީދަށް ވާހަދެއްކެވޭ ކަމަށެވެ. އެގޮތުން ޕީޕިއެމް އާއި އެކު މަސައްކަތްކުރުމަކީ އެމްޑީޕީގެ އާންމު މެމްބަރުން ބޭނުންވާނެ ކަމެއް ނޫން ކަަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.

- ކޮމެންޓް