Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 10:27
ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު
މިހާރު
ރައީސް ނަޝީދު
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
ރައީސް ނަޝީދު ގެންދަވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން
ތަރައްގީގެ ނަމުގައި ރާއްޖޭގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހަތަރު ފަސް އަހަރަށް ހުއްޓައިލަން މުހިއްމު
ކޮންކްރީޓަކީ ތަރައްގީއެއް ނޫން

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި ވެސް އަދި ދެން އަންނަ ވެރިކަމެއް ގައިވެސް ހަމަ އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، މިފަހުން ރައީސް ނަޝީދު ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އަދި އެމަނިކުފާނު މިގޮތަށް ވިދާޅުވި އިރު، ރައީސް މުއިއްޒުގެ ސަރުކާރުން ކޮންމެ ކަމެއްވެސް ނިމިދިޔަ ރައީސް ސާލިޙްގެ ސަރުކާރުގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުންދާތަން ދަނީ ފެންނަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވާހަކަދައްކަވާ ކޮންމެ ޕޯޑިއަމްއެއްގަޔާއި، އެމަނިކުފާނުގެ ކެބިނެޓްގެ މިނިސްޓަރުން ހިމެނިވަޑައިގަންނަވާހެން، ކޮންމެ ކަމެއްވެސް ނިމިދިޔަ ސަރުކާރުގެ ބޮލުގައި އެޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ތަރައްގީގެ ނަމުގައި ރާއްޖޭގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ހަތަރު ފަސް އަހަރަށް ހުއްޓައިލަން މުހިއްމު ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވެސް ވާންވީ "އިހަށް މަޑުކޮށްލާ" މިހެން ކަމުގައެވެ. އަދި ވިދާޅުވެފައިވަނީ ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދުވާންވީ މަޑުޖެހިލަން ކަމަށާއި ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެއީ ގިނަ ފަހަރަށް ދަރަނި ކަމަށެވެ. އަދި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓް ސަރޕްލަސް އާއި ރިޒާވް އިތުރު ކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށާއި ދިވެހިންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއް ކަމަށް އެމްނިކުފާނު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވާ ގޮތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެ އެވެ. އެގޮތުން އުތުރުގައި 4 އެއަރޕޯޓް އޮވެ، އިތުރު 4 އެއަރޕޯޓް އަޅަން ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ކަންކަން ކުރައްވަމުން ގެންދަވަނީ ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ރައީސް ނަޝީދު ވިދާޅުވީ އޭގެ ނަތީޖާ އަކީ ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ އަދި މާލީ ދެކޮޅު ޖެހުމެއް ނެތުމާއި، ގައުމީ އެއަރލައިނަށް ދެ އުޅިއެއް ނުވާ ހަރަދުތަކެއް ހިނގަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް އެކަމުން މަންފާއެއް ނުކުރުން ކަމަށެވެ.

- ކޮމެންޓް