ކ. މާލެ
|
17 އޯގަސްޓް 2022 | ބުދަ 05:01
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގުނަނީ
ރާއްޖެއެމްވީ
މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިޚާބުކުރުން
ހުސްވެފައިވާ މާއުނގޫދޫ ކައުންސިލަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
 
މާއުނގޫދޫ ކައުންސިލު އިންތިޚާބުގެ އިތުރުން ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށްވެސް ވަނީ ހުޅުވާލާފައި
 
އިންތިޚާބުތައް އޮންނާނީ އޮކްޓޯބަރ 1 ވާ ހޮނިހިރު ދުވަހު

ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާއުނގޫދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އިންތިޚާބަށް ކުރިމަތިލާން އެދޭ މީހުންނަށް އެ ފުރުޞަތު، އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން، ސެޕްޓެންބަރު 01 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އީސީން ބުނެއެވެ.

ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްވެސް އީސީން ވަނީ ހުޅުވާލާފައެވެ. މިއިންތިޚާބުތަކަށްވެސް އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން، ސެޕްޓެމްބަރު 01 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށް އީސީން ބުނެއެވެ. އަދި މިއިންތިޚާބުތައް ވެސް އޮންނާނީ އޮކްޓޯބަރ 1 ވާ ހޮނިހިރު ދުވަހުއެވެ.

އައު ކައުންސިލްތައް ހޮވުނުފަހުން ގިނަ އަދަދެއްގެ ބައި އިލެކްޝަންތަކެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ދާދިފަހުން މ.ދިއްގަރާއި ތ.ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ވަނީ ބާއްވާފައެވެ. މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް އަންނަނީ ބާއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ކޮންމެ މަހަކު ވެސް ޑަބްލިއުޑީސީގެ 3 މެމްބަރުން މަދުވެގެން އިސްތިއުފާދޭ ކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެ މަގާމުތަކަށް ބައިލެކްޝަން ބާއްވަންޖެހޭއިރު ކޮންމެ ފަހަރަކު އިންތިޚާބު ބާއްވަން 150،000 ރުފިޔާ ޚަރަދުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޚަރަދު ކުޑަކުރުމަށް އީސީން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންގެ ލަފަޔާއެކު ދެ ގޮތަކަށް ގާނޫނު އިސްލާހުކޮށްދިނުމަށް އެދިފައެވެ. އެގޮތުން، އިސްތިއުފާދޭ ކޮންމެ ފަހަރަކު އިންތިޚާބު ބޭއްވުމުގެ ބަދަލުގައި، އަހަރަކު ދެ ފަހަރު ނުވަތަ ދައުރެއްގެ ތެރޭގައި ދެ އިންތިޚާބު ބާއްވާގޮތަށް ހަދައިދިނުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް