ކ. މާލެ
|
16 އޯގަސްޓް 2022 | އަންގާރަ 19:40
"ސިންގް ހެލްތު" އާއެކު ހެލްތުން ބޭއްވި މަޝްވަރާތައް
"ސިންގް ހެލްތު" އާއެކު ހެލްތުން ބޭއްވި މަޝްވަރާތައް
ހެލްތު މިނިސްޓްރީ
ރާއްޖޭގެ ސިއްހީ ނިޒާމު
ސިއްޙީ ޚިދުމަތް ދޭ ތަންތަނުގެ ފެންވަރު ވަޒަންކުރާ މިންގަނޑު ހަރުދަނާކުރުމާމެދު މަޝްވަރާކޮށްފި
ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ވަޒަންކުރުމަށް މިހާރު ގެންގުޅެމުންދާ މިންގަނޑު ހަރުދަނާކުރުމާ ގުޅޭގޮތުން، ސިންގަޕޫރުގެ "ސިންގް ހެލްތު" އިންސްޓިޓިއުޓާއެކު ބައްދަލުވުމެއް ބާއްވާފައިވޭ
ރާއްޖޭގެ މާހައުލާގުޅޭ އުސޫލުތައް އެކުލަވާލުމަށް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި

ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ވަޒަންކުރުމަށް ހެލްތު މިނިސްޓްރީން މިހާރު ގެންގުޅެމުންދާ މިންގަނޑު ހަރުދަނާކުރުމާ ގުޅޭގޮތުން، ސިންގަޕޫރުގެ "ސިންގް ހެލްތު" އިންސްޓިޓިއުޓާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި ބައްދަލުވުމުގައި; ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަމާ ގުޅޭގޮތުންނާއި، ރާއްޖޭގައި ސިއްހީ ޚިދުމަތްދޭ ތަންތަން އެކްރެޑިޓްކުރުމަށް ހެލްތު މިނިސްޓްރީން ގެންގުޅޭ މިންގަނޑާމެދުއާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ބެލުމަށް ގެންގުޅޭ އުސޫލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، ސިއްހީ ދާއިރާ ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާތައް ނެރުމަށް، ރާއްޖޭގެ މާހައުލާގުޅޭ އުސޫލުތައް އެކުލަވާލުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނައުމަށް ހެލްތު މިނިސްޓްރީން މަސައްކަތްކުރަމުންދާއިރު، ސިއްހީ ޚިދުމަތްދޭ ތަންތަން ވަކި ބޯޑެއްގެ ދަށުން ބަލަހައްޓައި، މިނިސްޓްރީއަކީ ހަމައެކަނި ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ. އެ މިނިސްޓްރީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް އެކަމުގެ ސަބަބުން މަގުފަހިވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ދެމުންދާ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސިއްހީ ދާއިރާއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ބޭރުގެ ކަމާގުޅުންހުރި ތަޖުރިބާކާރު ފަރާތްތަކާއެކު މަސައްކަތްކުރަމުންދާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން ސިންގަޕޫރުގެ އެންމެ ބޮޑު ސިއްހީ ޚިދުމަތްދޭ އެއް އިންސްޓިޓިއުޓްކަމަށްވާ ސިންގްހެލްތުން ރާއްޖެއަށް އެ މަސައްކަތުގައި އެހީތެރިވަމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

- ކޮމެންޓް