މާލޭގައި ހިންގި މާރާމާރިއެއްގައި ދެ މީހަކު ޒަހަމް ކޮށްލައިފިއެވެ.
މި މާރާމާރީ ހިންގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިތަށްފިނިވާ މަގުގައެވެ. މާރާމާރީ ހިންގީ މަރުތޭލާއި ދަނގަޑުން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ސައިކަލުތަކެއްގައި ދިޔަ ބަޔަކު ހަމަލާ ދިނީ ހިތަށްފިނިވާ މަގުން ހިނގާފައި ދިޔަ ދެ މީހުންނަށެވެ.
މި މާރާމާރިއާއި ގުޅޭގޮތުން ފުލުހުން ބުނީ މާރާމާރީގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ ރޭ 9:00 އެހާއިރު ކަމަށެވެ. އަދި މި މަރާމާރީގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސލަައިގައި މިހާތަނަށް އެެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.