Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 11:34
އައްޑޫ ސިޓީ ހިތަދޫގައި އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓްތަކެއް
އައްޑޫ ސިޓީ ހިތަދޫގައި އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީގެ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓްތަކެއް
ރާއްޖެއެމްވީ
މާރާމާރީގެ މައްސަލަ
އައްޑޫ ހިތަދޫގައި އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަނީ
މި މާރާމާރީ ހިނގާފައިވަނީ ހިތަދޫގެ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމެއް ބަލާފައި ނިކުތް ދެ އަންހެނުންގެ މެދުގައި
ޒުވާން ދެ އަންހެނުން އެކަކު އަނެކަަކުގެ ގަޔަށް އަަތްލައި، ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯދަނީ ދައުރުވަމުން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

އައްޑޫ ސިޓީ ހިތަދޫގައި އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ހިތަދޫގެ ވިލާ ކޮލެޖުގައި އެޅުވި ދިވެހި ފިލްމެއް ބަލާފައި ނިކުތް ދިވެހި ދެ އަންހެނުންގެ މެދުގައެވެ. ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ވީޑިއޯއަކުން ފެންނަނީ ޒުވާން ދެ އަންހެނުން އެކަކު އަނެކަަކުގެ ގަޔަށް އަަތްލައި، ތަޅާފޮޅާ މަންޒަރެވެ. އަދި އެ ދެމީހުން ދުރުކުރުވުމަށް އިތުރު މީހުންތައް އެސަރަހައްދަށް އެއްވެ، އެމީހުން ދުރުކުރާ މަންޒަރު ފެނެއެވެ.

މި މައްސަލައާ ގުޅިގެން، އައްޑޫ ސިޓީ، ހިތަދޫ ކަނީރު މަގުގައި ހިނގި މާރާމާރިއެއްގެ މައްސަލަ 6 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ރޭ 10:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް