ކ. މާލެ
|
15 އޯގަސްޓް 2022 | ހޯމަ 17:27
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުން
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕެއިންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުން
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ބޫސްޓަރގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1،054އަށް
ދެވަނަ ޑޯޒް ޖަހާފައިވަނީ 384،827 މީހުން

ރާއްޖޭގައި ކޮވިޑް-19 ބޫސްޓަރ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 1,054އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 1,054 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހާފައިވާއިރު، މިއީ ވެކްސިން ޖެހޭ އަބާދީގެ 0.23 އިންސައްތައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް 399،050 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 384،827 މީހުންނެވެ. އަދި ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް 166،271 މީހުން ވަނީ ޖަހާފައެވެ.

ކޮވިޑް-19ން ރައްކާތެރިވުމަށް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި, ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެކަމަށް ބެލެވޭ މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖެހުމަށް ނިންމައި އެކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

- ކޮމެންޓް