ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 01:40
ނައިބު ރައީސް މާލެ ވަޑައިގަތުން
ނައިބު ރައީސް މާލެ ވަޑައިގަތުން
ރައީސް އޮފީސް
ނައިބު ރައީސް
ކުޅުދުއްފުށި ސިޓީއާއި ނޮޅިވަރަމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި
އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރެއްވުމަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުޅުދުއްފުށި ސިޓީއާ ހދ. ނޮޅިވަރަމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ހޮނިހިރު ދުވަހުގެ ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެމަނިކުފާނު ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ދުވަސް ފާހަގަކުރުމަށް "ޘަޤާފީ މަސައްކަތް ދިރުވުން"ގެ ނަމުގައި އެ ސިޓީގައި ބޭއްވި ޘަޤާފީ މަސައްކަތްތެރިކަމާއި ގުޅޭ މައުރަޒު އެމަނިކުފާނު ވަނީ ހުޅުވައިދެއްވާފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލްގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި އެމަނިކުފާނު ވަނީ ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރައްވާ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތި މައްސަލަތަކާއި ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ސިޓީގެ ތަރައްޤީއަށް ކުރެވޭ ކަންކަމާއި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ވަނީ ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ނޮޅިވަރަމް ސްކޫލާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޚިދުމަތްތައް ހުރިނެތް ގޮތް ބައްލަވާލައްވައި އެ ތަންތަނުގެ އިސްވެރިންނާއި މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައެވެ.

- ކޮމެންޓް