ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 11:36
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޝަހީދުންގެ ދުވަސް
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
މިވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އެންމެ އިސް ގައުމީ ވާޖިބު
ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރައިން 1400 ވަނަ އަހަރު

ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރި ބަތަލުންނާއި، ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރި ބަތަލުންނާއި، ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށެވެ. އަދި މިވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އެންމެ އިސް ގައުމީ ވާޖިބު ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި ގައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުމަށް ދުއާ ކުރައްވާ ކަމަށެވެ.

ޝަހީދުންގެ ދުވަސް ނިސްބަތް ކުރެވެނީ 1 ޝަޢުބާން 965 ގައި، އައްސުލްޠާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން (އަލި ރަސްގެފާނު) ޕޯޗްގީޒުން ރާއްޖެއަށް ދިން ވަރުގަދަ އުދުވާނުގައި، ޕޯޗްގީޒު ލަޝްކަރާއި ކުރިމަތިލައްވައި ކުރެއްވެވި ދީނީ ޤައުމީ ޖިހާދުގައި ދީނާ ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ތާރީޚީ ހާދިސާއަށެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. އެއީ މީލާދީން 14 ޖޫން 1980 ގައެވެ.

- ކޮމެންޓް
- ގުޅުންހުރި
މަގޭ ރިޕޯޓް: ޝަހީދުންގެ ދުވަހަކީ ކަންކަން ސިޔާސީ ކުރުމަށް އޮންނަ ދުވަހެއް ނޫނެވެ.
ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި އެންމެހާ ފަރާތްތަކުން ކޮންމެ ކަމެއްގައި އިންސާފުވެރިވުމަށް ނާއިބުރައީސް ގޮވާލައްވައިފި
ދިވެހި ސަރުކާރުން މި އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ: ނައިބްރައީސް ފައިސަލް
ދަރިވަރުންނަށް ގެއްލިގެން ދިޔަތަން އަނބުރާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނައިބްރައީސް ގޮވާލައްވައިފި
ދިރިއުޅުމަށް ފައްކާވެފައިވާ ދަރިވަރުން ބިނާކުރުމަށް ޓީޗަރުންގެ ދައުރު ބޮޑު: ނައިބު ރައީސް
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް ނާއިބުރައީސް އެދިވަޑައިގެންފި
ނާއިބުރައީސްގެ އަރިހަށް ބަންގްލަދޭޝްގެ ސަފީރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތަކަށް މެދުރާސްތާގެ ޕްލޭނެއް ހަދަން ޖެހޭ: ނާއިބުރައީސް