ކ. މާލެ
|
12 އޯގަސްޓް 2022 | ހުކުރު 06:12
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ބޭރަށް ހިންގުމާއި ރޯގާ އިތުރުވުން
ބޭރަށް ހިންގުމާއި ރޯގާ އިތުރުވަނީ
 
އަރިދަފުސް ރޯގާ ޖެހިގެން ޖޫން މަހު 21،802 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު 27،553 ކޭސް ރިޕޯޓްކޮށްފައިވޭ
 
ޖޫން މަހު 294 މީހަކު ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު 322 މީހަކު ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވޭ

އަރިދަފުސް ރޯގާއާއި އާންމު ބަލީގެ ގޮތުގައި ފެތުރެމުންދާ ބަލިތައް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީއާއި، އަރިދަފުސް ރޯގާއާއި، ހޮޑުލުމާއި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ ޖޫން މަހަށް ވުރެ މިދިޔަ ޖުލައި މަހު ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދި މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ޖޫން މަހު 294 މީހަކު ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު 322 މީހުން ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. އަރިދަފުސް ރޯގާ ޖެހިގެން ޖޫން މަހު 21،802 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖުލައި މަހު 27،553 ކޭސް ރިޕޯޓްކޮށްފައިވެއެވެ. ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ޖޫން މަހު 2،376 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު ޖުލައި މަހު 3،103 މީހުން އެކަމުގައި ޑޮކްޓަރަށް ދައްކާފައިވެއެވެ.

އެޗްޕީއޭއިން ބުނީ ޖުލައި މަހު ވައިރަލް ހުން ކޮންމެވެސް ވަރަކަށް އިތުރުވެފައިވީނަމަވެސް ފާނަ ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް އާންމުކޮށް ފެންނަ މިންވަރަށްވުރެ އިތުރުވެފަ ނުވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރު މަދިރިން ޖެހޭ އާންމު ބަލިތައް އިތުރުވާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި ސާފުތާހިރު ކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް