ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 18:40
ޔޫޕީއާރް އާއި މެދު ހޭލުންތެރިކުރުމަށް ބާއްވާ ބައްދަލުވުން
ޔޫޕީއާރް އާއި މެދު ހޭލުންތެރިކުރުމަށް ބާއްވާ ބައްދަލުވުން
އެޗްއާރްސީއެމް
ރާއްޖެ އަށް ޔޫޕީއާރުން ހުށަހަޅާފައިވާ ހުށަހެޅުންތަ
ޔޫޕީއާރުގެ ގިނަ ހުށައެޅުންތަކެއް ރައްޖޭގެ އަދުލު އިންސާފުގެ ކަންކަން އިސްލާހުކުރުމަށް!
 
އިދާރާތަކުން ރެކޮމެންޑޭޝަންތައް ތަންފީޒުކުރަން އިސްކަން ދޭންޖެހޭ: އެޗްއާރުސީއެމް
 
ރާއްޖޭގެ އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ރެކޮމެންޑޭޝަންތަކެއް ވަނީ ހުށަހަޅާފައި
 
ރާއްޖެ އަށް 187 ރެކޮމެންޑޭޝަން އެއް ހުށަހެޅި

އދގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު)ގައި ރާއްޖެ އަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ގިނައީ އަމަން އަމާންކަމާއި އަދުލު އިންސާފްއާއި ގުޅޭ ރެކޮމެންޑޭޝަންސްތައް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހާމަކޮށްފިއެވެ.

އެޗްއާރުސީއެމް އިން އެފަދައިން ބުނެފައިވަނީ ޔޫޕީއާރު އިން ރާއްޖެ އަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކާއި މެދު ކަމާއިބެހޭ ފަރާތްތައް ހޭލުންތެރިކުރުމަށް ބޭއްވި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައެވެ. އެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައިސް މަރިޔަމް މުނާ ވަނީ ޔޫޕީއާރުގެ ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަކީ އިދާރާތަކުގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި އެޗްއާރުސީއެމްގެ އެޑްވޮކެސީ އޮފިސަރ އަހުމަދު އަމީޒު ވަނީ ރާއްޖެ އަށް ޔޫޕީއާރު އިން ހުށައެޅި ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން އިންސާނީ ހައްގުތަކުގެ ދާއިރާތަކުގެ ތެރެއިން ޤާނޫނީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި، އަންހެނުން އަދި ހަވާސާވެފައިވާ ފަރާތްތައް ހިމާޔަތްކުރުމާއި ގުޅުން ހުރި ރެކޮމެންޑޭޝަންތައް ޔޫޕީއާރުއިން ހުށައަޅާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި 187 ހުށައެޅުމުގެ ތެރެއިން 11 ހުށައެޅުމަކީ މިހާރު ވެސް ދައުލަތުން ތަންފީޒު ކުރާ ކަންކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުން 15 މާރޗް 2006ގައި އުފެއްދި ހިއުމަން ރައިޓްސް އާއި އެކު ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު) އުފެދިގެންއައެވެ. ޔޫޕީއާރުގެ ދަށުން އދ.އިން ދަނީ، އދ.ގެ 193 ގައުމުގައި އިންސާނީ ހައްގުތަކުގެ ހާލަތު މޮނިޓަރކޮށް އެކަމާއި ގުޅޭ ރެކޮމެންޑޭޝަން ނުވަތަ ހުށައެޅުންތައް ހުށައަޅާ އެ ހުށައެޅުންތަކަށް އަމަލުކުރާ މިންވަރު ވަކި ހަމަތަކެއްގެ ދަށުން ބަލަމުންނެވެ. މިގޮތަށް ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ރާއްޖެ އިން އަމަލުކުރާނެ ކަންކަން ނިންމަނީ އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނުތަކާއި ފުށުނާރާ ކަންކަމަށް ބެލުމަށް ފަހު އެޗްއާރުސީއެމްގެ ލަފާގެ ދަށުންނެވެ. ޔޫޕީއާރުގެ ދަށުން ގައުމުތައް މޮނިޓަރކުރަނީ ތިން ޑޮކިއުމެންޓް އަކަށް ބެލުމަށް ފަހުގައެވެ. އެއީ އެ ގައުމެއްގެ ދައުލަތުން އޮފިސް އޮފް ދަ ހައިކޮމިޝަނުން އެކުލަވާލަ މައުލޫމާތު އަދި ކަމާއި ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާ މައުލޫމާތުތަކަށް ބެލުމަށް ފަހުގައެވެ. އެއަށް ފަހު އެ ގައުމަކުން ބަލައިގަންނަ ރެކޮމެންޑޭޝަންތައް އެ ގައުމަކުން ހާމަކުރުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި