ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 15:15
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ރާއްޖެއެމްވީ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން
ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލަ: ދެ ހެއްކެއްގެ ހެކިބަސް ނަގައިފި
ކްރިިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބް
މޫސާ އިނާސްގެ ގެއިން ގިނަ އަދަދެއްގެ ފޯނުތަކެއް ފެނިފައިވޭ
ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ވަނަ ދުވަހު

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. ކްރިިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެކެވެ. އޭނާ ވަނީ މޫސާ އިނާސްގެ ގެ ބަލައި ފާސްކޮށްފައެވެ.

އޮފިސަރ ވިދާޅުވީ، މޫސާ އިނާސްގެ ގެއިން ގިނަ އަދަދެއްގެ ފޯނުތަކެއް ފެނިފައިވާ ކަމަށެވެ.

އެ ގެ ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ފޮތްތަކެއްވެސް ވަނީ ފެނިފައެވެ. އެ ފޮތްތަކުގައި އެއްވެސް ކަހަލަ ޕަބްލިޝަރ އެއްގެ މައުލޫމާތެއް ނެތް ކަމަށާއި، އެއީ ދީނީ ފޮތްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގެ ބަލައި ފާސްކޮށްފައިވަނީ މޫސާ އިނާސްގެ ހާޒިރުގައެވެ.

ދެން ހާޒިރުކުރީ މޫސާ އިނާސް ހައްޔަރު ކުރުމުގައި ޙަރަކާތްތެރިވި އޮފިސަރެކެވެ. އޭނާ ވިދާޅުވީ، މޫސާ އިނާސް ހައްޔަރުކުރީ އެރަށު ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމަކުން ކަމަށެވެ.

އެވަގުތު މޫސާ އިނާސްގެ އަތުގައި ފޯނުވެސް އޮތްކަން އޭނަ ފާހަގަ ކުރެއެވެ. އޭނާ ވަނީ މޫސާ އިނާސްގެ ގެ ބަލައި ފާސް ކުރުމުގައިވެސް ޙަރަކާތްތެރިވެފައެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ވަނަ ދުވަހުއެވެ. 

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 21 އޯގަސްޓު 2022 ގައެވެ. އެ ދުވަހުވެސް ކުރިއަށްދާނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް