Advertisement
ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 12:00
އެމްޑީޕީ ކޮންގްރެސްއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީ ކޮންގްރެސްއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީ
އެމްޑީޕީ ކޮންގްރެސް މި މަހުގެ 19-21 އަށް
އެމްޑީޕީ ކޮންގްރެސް މި މަހުގެ 19-21 އަށް
މި ކޮންގްރެސްއަކީ އިންތިޚާބީ ފަރާތްތައް އެންމެ ގިނައިން އެއްވާ ބައްދަލުވުމަށް
ކޮންގްރެސްގައި މަޝްވަރާ ކުރާނީ މައިގަނޑު 3 ކަމަކަށް
ކޮންގްރެސްގައި ބައިވެރިވާން ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ވެސް ދައުވަތު ދޭނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 4 ވަނަ ކޮންގްރެސް މި މަހުގެ 19 އިން 21 އަށް ބާއްވަން ތާވަލުކޮށްފިއެވެ.

އެ ޕާޓީން ބުނި ގޮތުގައި މި ކޮންގްރެސް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ. ކޮންގްރެސް ފެށުމުގެ ގޮތުން 19 ވަނަ ދުވަހުގެ ހަވީރު، އެމްޑީޕީން ފާއިތުވި 17 އަހަރު ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ދައްކާލުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެޕާޓީން ބުންޏެވެ.

Advertisement

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު ކަމަށް އިންތިޚާބުވެފައިވާ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ މި މަހު ކުރިއަށްދާ ކޮންގްރެސްގައި 1447 ޑެލިގޭޓުން ބައިވެރިވާން ޖެހޭ ކަމަށެވެ. މި ފަރާތްތައް ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ކަންކަން އޮންލައިންކޮށް ރޭވިފައިވާ ކަމަށާއި މިހާތަނަށް 823 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ ފަރާތްތައް ބައިވެރިވާނެ ކޮންގރެސް ކަމަށެވެ. އެގޮތުން، ޤައުމީ މަޖިލީޙުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން މީގެ ތެރޭގައި ހިމެނެއެވެ.

އިންތިޚާބުތައް ކާމިޔާބު ކުރާ އެންމެ ގިނަ ބަޔަކު އެއްތަންވާ އެއް ބައްދަލުވުމަށް މި ކޮންގްރެސް ވާނެ. އިންތިޚާބު ނޫން ގޮތަކަށް އައިސް ތިބޭނީ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ވަޒީރުން،
އެމްޑީޕީގެ އިންތިޚާބީ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އެއީ އެ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަ ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހަޅައި މަޝްވަރާ ކުރުމެވެ. ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާ ގުޅޭ ބަހުސް އަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށް، ރަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކާއި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ފުރުސަތެއް ލިބޭ ފުރަތަމަ ކޮންގްރެސްއެވެ.

މި ކޮންގްރެސްގައި ބައިވެރިވުމަށް އެމްޑީޕީގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކަށް ވެސް ދައުވަތު އަރުވަން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް