ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 10:49
ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން
ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއެމްވީ
އީދު ދުވަހުގެ މާރާމާރީ
އީދު ދުވަހުގެ މާރާމާރީ: ހައްޔަރުކުރި މީހުންނަށް ދައުވާ އިއްވައިފި
ރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބް
އެ އެންމެންވެސް މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި
ދައުވާލިބޭ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރި

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. އެގޮތުން މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެ އެންމެންވެސް މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ. ގާޒީ ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ދައުވާލިބޭ ފަރާތްތަަކަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. އެގޮތުން ލޫތު އަހުމަދު އާސިފް، މައުސޫމު މުޙައްމަދު ދީދީ އަދި އަހުމަދު ސާތިއުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހަނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުުގެ ކުށުގެ ދައުވާއެވެ.

އޭގެ އިތުރުން، ޙަސަން ޒިޔާން އިބްރާހިމްއާއި، އަހުމަދު ސިމްހާޒްގެ އިތުރުން، އަހުމަދު ނާޒިހުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.  

މާރާމާރީ ހިންގުމުގެ ދައުވާތައް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

ދެން އަންނަ އަޑުއެހުމެއްގައި މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުން އޮންނާނެއެވެ. އަދި ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމުންވެސް އޮންނާނެއެވެ.

މި އަޑުއެހުމުގައި ދިފާއުން ވަނީ ދައުވާލިބޭ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދައުލަތުން ވަނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާނެކަމަށް ފާހަގަކޮށްފައެވެ.

- ކޮމެންޓް