ކ. މާލެ
|
8 އޯގަސްޓް 2022 | ހޯމަ 08:03
ޓްރޮފީއާއެކު ބާސެލޯނާ ޓީމު
ޓްރޮފީއާއެކު ބާސެލޯނާ ޓީމު
ބާސެލޯނާ
ބާސެލޯނާއިން ސީޒަން ފެށުން
ބޮޑު މޮޅަކާއެކު ބާސެލޯނާއިން ސީޒަން ފަށައިފި
 
ޕޫމާސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 6-0 އިން

ޕޫމާސްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި ބާސެލޯނާއިން ޖޯން ގެމްބަރ ޓްރޮފީ ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ސީޒަން ހުޅުވުމުގެ ގޮތުން ޕޫމާސްއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 6-0 އިންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ. މިއީ ބާސެލޯނާއަށް ބަދަލުވި ފަހުން އެ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. އޭގެ ދެ މިނެޓު ފަހުން ޕެޑްރީ ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައިދީފައެވެ. ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް، މެޗުގެ 10 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އޮސްމާން ޑެމްބެލޭއެވެ.

ބާސެލޯނަގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓުގައި ޕެޑްރީއެވެ. ފުރަތަމަ ހާފު ލީޑެއްގައި އޮވެ ނިންމާލައި، ބާސެލޯނާއިން ވަނީ ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖަހާފައެވެ. އެއީ މެޗުގެ 49 ވަނަ މިނެޓުގައި އޮބާމަޔަން ޖެހި ގޯލާއި، 84 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޯން ޖެހި ގޯލެވެ.

މިފަހަރުގެ ސްޕެނިޝް ލީގުގައި ބާސެލޯނާއިން އެ ޓީމުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް މި މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް