ކ. މާލެ
|
7 އޯގަސްޓް 2022 | އާދީއްތަ 01:12
ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށްފަހު ފުލަމް ކުޅުންތެރިޔާ އުފާފާޅުކުރަނީ
ލިވަޕޫލް ކޮޅަށް ލަނޑު ޖެހުމަށްފަހު ފުލަމް ކުޅުންތެރިޔާ އުފާފާޅުކުރަނީ
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
ފުލަމް އަތުން ބަލިނުވެ ލިވަޕޫލް ސަލާމަތްވީ ނޫނޭޒްގެ ސަބަބުން!
 
ޓޮޓެންހަމް ލީގު ފެށީ ބޮޑު މޮޅަކުން

އިނގިރޭސި ޕްރިމިއަރ ލީގުގެ އާ ސީޒަންގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި ފުލަމް އަތުން ބަލިވިޔަ ނުދީ ނޫނޭޒް ސަލާމަތްކޮށްދީފިއެވެ.

ސީޒަން ފަށަން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައިވެސް ބެންޗުން އަރާ ލިވަޕޫލް މޮޅުކޮށްދިން އުރުގުއޭގެ ފޯވާޑް ލީގުގެ ފުރަތަމަ މެޗުގައިވެސް ލިވަޕޫލް ސަލާމަތްކޮށްދިނީ ބެންޗުން އަރައެވެ. މެޗުގެ ފުރަތަމަ ހާފްގައި މިޓްރޮވިޗް ލަނޑު ޖަހާ ފުލަމްއަށް ކުރި ހޯދައިދީފައިވަނިކޮށް, ލިވަޕޫލަށް އެއްވަރުކޮށްދިނީ މިސީޒަންގައި ލިވަޕޫލާ ގުޅުނު ނޫނޭޒްއެވެ. އޭނާ އެއްވަރުކޮށްދިނީ 62 ވަނަ މިނިޓްގައެވެ. އެކަމަކު ޕެނަލްޓީއަކުން މިތްރޮވިޗް ދެވަނަފަހަރަށް ފުލަމްއަށް ކުރިހޯދައިދިނެވެ. ލިވަޕޫލަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ މިސްރު ފޯވާޑް ސަލާހުއެވެ. އެކަމަކު ސަލާހު ލަނޑު ޖެހީ ނޫނޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ޕެނަލްޓީ ދިނީ މިޓްރޮވިޗަށް ވެންޑައިކް ކުރި ފައުލަކަށެވެ.

ލީގުގައި ނިއުކާސަލް ޔުނައިޓެޑް ވަނީ ފުރަތަމަ މެޗުގައި ނޮޓިންގހަމް ފޮރެސްޓް އަތުން މޮޅުވެފައެވެ. ނިއުކާސަލް މެޗު ކާމިޔާބުކުރީ 2-0 ނެވެ. ޓޮޓެންހަމް ލީގު ފެށީ ފުރިހަމަ މޮޅަކުންނެވެ. އެއީ 4-1 ން ސައުތްހެމްޓަން ބަލިކޮށްގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް