ކ. މާލެ
|
6 އޯގަސްޓް 2022 | ހޮނިހިރު 21:25
އެމްއެންޕީ ޤައުމީ ހިންގާ ކައުންސިލް އިންތިޚާބުގެ ތެރެއިން
އެމްއެންޕީ ޤައުމީ ހިންގާ ކައުންސިލް އިންތިޚާބުގެ ތެރެއިން
އެމްއެންޕީ
އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު
އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ބާއްވައިފި
ޖުމްލަ 54 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވޭ

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބު ބާއްވައިފިއެވެ.

އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 8:00ން ހަވީރު 4:00 ގެ ނިޔަލަށެވެ. ޖުމްލަ 54 ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން މި އިންތިޚާބު ވަނީ ބާއްވާފައެވެ.

މި އިންތިޚާބާ ބެހޭ ގޮތުން ޕާޓީގެ އައު ސްޕޯކްސްޕަރސަން ޝިދާތާ ޝަރީފް ވިދާޅުވީ މިއިންތިޚާބަކީ އެމްއެންޕީގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިމަގަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމްއެންޕީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި އުމުރުން ހަގު އެމްއެންޕީގެ އެތެރޭގެ އިންތިޚާބު މުޅި ރާއްޖޭގައި ބާއްވާ ނިންމާލުމުން އެނގިގެންދަނީ، މުސްތަޤްބަލުގައި ރާއްޖޭގެ ސިޔާސީ މަންޒަރު ކުރަހާނީ އެމްއެންޕީން ކަމުގައެވެ.

އެމްއެންޕީގެ ސްޕޯކްސްޕަރސަން ޝިދާތާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ވޯޓުލުން ކުރިޔަށް ދިޔަ ހުރިހާ ރަށަކުންވެސް ޕާޓީގެ މެންބަރުންގެ އެއްބާރުލުމާއެކު މިއިންތިޚާބު ކުރިޔަށް ދިޔައީ ވަރަށް އޮމާންކޮށް ކަމުގައެވެ. އޭގެ އިތުރުން މިއަދު ކުރިޔަށްދިޔަ އިންތިޚާބާއެކު ޤައުމީ ހިންގާ ކޮމިޓީގެ މެންބަރުންގެ ވަގުތީ ނަތީޖާ 24 ގަޑިއިރުތެރޭ ހާމަކުރެވޭނެ ކަމަށާއި، އިންތިޚާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު 7 ދުވަސް ތެރޭ ދާއިމީ ނަތީޖާ އިޢުލާން ކުރެވިގެންދާނެ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

އިންތިޚާބުކުރަން ހަމަޖެހިފައިވާ މަޤާމުތަކަކީ ވިމެންސް ވިންގގެ ލީޑަރާއި ޔޫތު ވިންގގެ ލީޑަރާއި ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން)، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން)، ތުޅާދޫ ދާއިރާ (ނޯތު ރީޖަން)، ހެންވޭރު ހުޅަނގު (މާލެ ރީޖަން) އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޤައުމީ ހިންގާ ކައުންސިލް އިންތިޚާބުވުމާއެކު ޕާޓީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް