Advertisement
ކ. މާލެ
|
5 އޯގަސްޓް 2022 | ހުކުރު 15:13
އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އާއި އާއިލާގެ ބޭފުޅުން
އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އާއި އާއިލާގެ ބޭފުޅުން
މިހާރު
ތަޢުޒިޔާ ވިދާޅުވުން
ހައިވަކަރު އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
އަހުމަދުފުޅަކީ ސަރުކާރަށް ޚިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއް

ސަރުކާރަށް އަދި ދިވެހި ޢަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި މައްޗަންގޮޅި ހައިވަކަރުގޭ ހައިވަކަރު އަޙްމަދުފުޅު އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވަމުން، އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، ދިވެހި ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެއްކަމާއި، އަދި އެއީ، ސަރުކާރަށް ޚިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު ހުކުރު ދުވަހުގެ ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 89 އަހަރެވެ.

Advertisement

އަލްމަރުޙޫމް ހައިވަކަރު އަޙްމަދުފުޅު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ، 8 އޮކްޓޯބަރ 1953 ގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ދިވެހި ޢަސްކަރިއްޔާގައެވެ. ޢަސްކަރިއްޔާގެ ޚިދުމަތުގައި 24 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވިއިރު، ޢަސްކަރިއްޔާގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. އެގޮތުން ޢަސްކަރިއްޔާގެ ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަން ކުރެއްވިއެވެ. އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، 3 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މުލަކަތޮޅު އަތޮޅުވެރިކަމާއި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަންވެސް ކުރެއްވިއެވެ.

މުލަކަތޮޅު އަތޮޅުވެރިކަން 2 ފަހަރެއްގެ މަތިން ކުރެއްވިއެވެ. އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް އަންޑަރ ސެކްރެޓެރީކަމާއި، ރެންޓަލްސް ޑިވިޜަންގެ އެސިސްޓަންޓް މެނޭޖަރކަމާއި، މެނޭޖަރކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް