Advertisement
ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 19:38
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދުގެ ފޯނު ފޭރިގެންފި
ޔޫކޭގެ ރެސްޓޯރެންޓެއްގެ ތެރެއިން ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފި
ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފައިވާ ކަމަށް އެމަނިކުފާނުގެ ދަރިފުޅު ބުނުމުން އެ ނަންބަރު ވަނީ މަޖިލީހުގެ ގްރޫޕުން ބޭރުކޮށްފައި

އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގެ ތެރޭގައި އިންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ފޯނު ފޭރިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ފޮވޯޑު ކުރެއްވި މެސެޖެއްގައި ބުނެފައިވަނީ ބައްޕަ ކާން އިންނަވަނިކޮށް މީހަކު އައިސް ފޯނު ފޭރިގަނެގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ނަންބަރު ބްލޮކް ކުރުމަށް ވަނީ އެމެސެޖުގައި އެދިފައެވެ.

މި މެސެޖަކީ ރައީސް ނަޝީދުގެ ދަރިފުޅު ފޮނުވި މެސެކެއް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

Advertisement

މި މެސެޖާއެކު ރައީސް ނަޝީދު ގެންގުޅުއްވި ފޯނު ނަންބަރު ވަނީ މަޖިލީހުގެ ގްރޫޕުންވެސް ބޭރުކޮށްފައެވެ.

ސީޝެލްސްގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް އެ ޤައުމަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް