ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 08:05
ނައިބު ރައީސް ފައިސަލް ނަސީމް
ނައިބު ރައީސް ފައިސަލް ނަސީމް
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުން
ތިލަމާލެ ބްރިޖާއެކު އިގްތިސާދީ އަދި އިޖުތިމާއީ ފައިދާ ކުރާނެ: ފައިސަލް
ލެއަށް ދިމާވެފައިވާ ބައިބޯކަމާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދޭ: ފައިސަލް
މި މަޝްރޫޢުއިން ގިނަ ދުވަހަށް ދިގުދެމިގެންދާ އެތައް ފައިދާއެއް ލިބިގެންދާނެ - ފައިސަލް

ތިލަމާލެ ބްރިޖުގެ މަސައްކަތަކީ ރާއްޖެއަށް އިޖުތިމާއީ ހަމަޖެހުމާއި އިގްތިޞާދީ ކުރިއެރުން ގެނެސްދޭނެ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތާއި ގުޅޭގޮތުން ނައިބް ރައީސް ފައިސަލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބައިބޯކަމާއި ތޮއްޖެހުމުގެ މައްސަލަ ހައްލުކޮށް، މާލެ އަކީ ދިރިއުޅެން ފަސޭހަ ޖާގަ ތަނަވަސް ތަނަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ ގިނަ ދުވަހަށް ދެމިގެންދާނެ އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫޢުއާއެކު އިގްތިސާދު ކުރިއަރާ އިޖުތިމާއީ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވާދެއްވާ ފުރަތަމަ ތަނބުގެ ކޮންކްރީޓް ގަނޑު އަޅުއްވައިދެއްވީ މިކަމަށްޓަކައި އަންގާރަ ދުވަހު އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު ރާއްޖޭގައި ވެސް ވަނީ މިކަމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަމަށް ވާއިރު، މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އެފްކޮންސް އިން ވަނީ ބްރިޖުގެ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި 6 ކިލޯމީޓަރުގެ މި ބްރިޖު މަޝްރޫއުގެ ފުރަތަމަ ބްރިޖު ނުވަތަ މާލެ ވިލިމާލެ ގުޅުވާލާ 1 ކިލޯމީޓަރަށްވުރެ ދިގު ބްރިޖު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަ ކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މި ބްރިޖުގެ އުމުރު 120 އަހަރުވާން ދިގުދެމިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

- ކޮމެންޓް