ކ. މާލެ
|
3 އޯގަސްޓް 2022 | ބުދަ 10:15
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރުން
"ޕީއެސްޖީން ހުންނަނީ ޗެމްޕިއަންސް ލީގަށް ދެވި ހިފާފައި"
 
ޗެމްޕިއަންސް ލީގު ނޫން އެހެން ކާމިޔާބަކީ މޮޅެއްގެ ގޮތުގައި ޕީއެސްޖީން ނުދެކޭ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ހުންނަނީ ޔުއެފާ ޗެމްޕިއަންްސް ލީގަށް ދެވި ހިފާފައި ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ދާދި ފަހުން ކޯޗުކަމުގެ މަގާމުން ވަކި ކުރި ޕޮޗެޓީނޯ މިހެން ބުނީ އޭނާ ދިން އިންޓަވިޔުއެއްގައެވެ. މިއީ ކޯޗުކަމުގެ މަގާމުން ވަކި ކުރި ފަހުން ޕޮޗެޓީނޯ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ޕޮޗެޓީނޯ ވަކިކުރުމަށްފަހު ޕީއެސްޖީން ވަނީ އެ މަގާމަށް ކްރިސްޓޮފް ގަލްޓިއޭ ހަމަޖައްސާފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަގާމުން ޕޮޗެޓީނޯ ވަކިކުރީ ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުމުންނެވެ. ޕީއެސްޖީން ވަނީ ޗެންޕިއަންސް ލީގުގައި ސްޕެއިންގެ ރެއާލް މެޑްރިޑުގެ އަތް ދަށުވެ މުބާރާތުން ކަޓާފައެވެ.

މިކަމާ ގުޅޭ ގޮތުން މިވަގުތު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި ޕޮޗެޓީނޯ ބުނީ، ޕީއެސްޖީގައި ހުރިހާ ކަމެއް ފޯކަސް ކުރަން ޖެހޭނީ ޗެމްޕިއަންސް ލީގަށް ކަމަށެވެ. އެހެން އެކަން އޮންނާތީ ބައެއް ފަހަރު އެނާއަށް އުނދަގޫވާކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. ޕޮޗެޓީނޯ ބުނި ގޮތުގައި ޗެމްޕިއަންސް ލީގު ނޫން އެހެން ކާމިޔާބަކީ މޮޅެއްގެ ގޮތުގައި ޕީއެސްޖީން ނުދެކެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ވަނީ ކީލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ޕީއެސްޖީން އެމްބާޕޭ މަޑުކުރުވަން މަސައްކަތް ކުރީ ރަނގަޅަށް ކަމަށެވެ. އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ތިބި މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއްކަމަށް އޭނާ ބުންޏެވެ. ނަމަވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކީ ލިއޮނަލް މެސީކަމާމެދު ޝައްކުރު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އެ އިންޓަވިޔުގައި ޕޮޗެޓީނޯ ވަނީ އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ޗެމްޕިއަންސް ލީގުން ކެޓި ގޮތުގެ ވާހަކަ ވެސް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
25%
0%
25%
0%
25%
ކޮމެންޓް