ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 21:04
ކޮވިޑަށް ޓެސްޓުކުރުނީ
ކޮވިޑަށް ޓެސްޓުކުރުނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޮވިޑް-19ގެ ނަންބަރުތައް ދަށަށް
މާލެއިން 33 މީހުންނާއި އަތޮޅުތަކުން 85 މީހުން އަދި އެހެނިހެން ހިސާބުތަކުން 65 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ
14 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވޭ

ރާއްޖެއިން ފާއިތުވި ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަނީ 183 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ޖުލައި 24ން 30ށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެއިން 33 މީހުންނާއި އަތޮޅުތަކުން 85 މީހުން އަދި އެހެނިހެން ހިސާބުތަކުން 65 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ފާއިތުވި ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެގެން 14 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެއެވެ.

ފާއިތުވި ހަފްތާގައި 183 މީހުން ޕޮޒިޓިވްފެފައިވާއިރު އޭގެ ކުރީ ހަފުތާ ކަމުގައިވާ ޖުލައި 17ން 23ށް 394 މީހުން ޕޮޒިޓިވްވެފައިވެއެވެ. ޖުލައި 10ން 16ށް 417 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި ޖޫން މަސް ނިމެމުން ދަނިކޮށް ހަފްތާއެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އެއް ހާހުން މައްޗަށްވެސް ގޮސްފައިވެއެވެ. ނަމަވެސް އޭގެފަހުން ކޭސްތައް އަންނަނީ މަދުވަމުންނެވެ. އެގޮތުން ޖޫން 19ން 25ށް 1202 މީހުން ޕޮޒިޓިވްވިއިރު ޖޫން 25ން ޖުލައި 2ށް ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 1134 މީހުންނެވެ. ޖުލައި 3ން ޖުލައި 9ށް 771 މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 184،485 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އަދި 307 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

- ކޮމެންޓް