ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 07:26
ޕީއެސްޖީން ޓްރޮފީއާއެކު
ޕީއެސްޖީން ޓްރޮފީއާއެކު
ޕީއެސްޖީ
ނަންޓެސްއާއި ޕީއެސްޖީ ބައްދަލުކުރި މެޗު
ނަންޓެސް ބަލިކޮށް ޕީއެސްޖީން ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކޮށްފި
 
ޕީއެސްޖީން މެޗު ކާމިޔާބުކުރީ 4-0 ން

ޗެމްޕިއަން ޓްރޮފީގެ ފައިނަލްގައި ނަންޓެސް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗަށް ޕީއެސްޖީން އެ ޓީމުގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭ ހިމަނާފައެއް ނުވެއެވެ. ލިއޮނަލް މެސީ އަދި ނޭމާ ޖޫނިއަރ އާއެކު ފޯވާޑް ލައިން ބެލެހެއްޓީ ޕަބްލޯ ސަރަބިއާއެވެ. ޕީއެސްޖީން މެޗު ކާމިޔާބުކުރީ 4-0 ންނެވެ.

ފުރަތަަމަ ހާފުގައި ޕީއެސްޖީން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެސީއެވެ. ހާފު ނިމުމުގެ ކުރިން ނޭމާ ވަނީ ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖަހާފައެވެ. ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ޑިފެންޑަރު ސާޖިއޯ ރާމޯސްއެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި 82 ވަނަ މިނެޓުގައި ނޭމާ ޖެހި ލަނޑެކެވެ.

އައު ސީޒަންގެ ފްރާންސް ލީގުގެ މެޗެއް ޕީއެސްޖީއަށް އޮންނާނީ އޮގަސްޓު ހަތް ވަނަ ދުވަހުއެވެ. ޕީއެސްޖީއަކީ އެންމެ ފަހުގެ ލީގު ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް