ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 19:02
ހެޓްރިކް ހެދި ހޫގޯ ނިކޮލަސް
ހެޓްރިކް ހެދި ހޫގޯ ނިކޮލަސް
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ލީގުގައި ކުޅުނު ފަހު މެޗުން ދަ ގްރާންޑޭއަށް ފުރަތަމަ މޮޅު!
 
ދަ ގްރާންޑޭއަށް 21 މެޗުން ލިބުނީ 5 ޕޮއިންޓް

މޮޅެއް ނުލިބި ލީގުގެ ފަހު މެޗާ ކުރިމަތިލި ދަ ގްރާންޑޭއިން ފުރަތަމަ މޮޅާއެކު ދިވެހި ޕްރިމިއަރ ލީގު ނިންމާލައިފިއެވެ.

މޮޅެއް ނުލިބި 10 މެޗު ދިއުމަށްފަހު، ތާވަލުގެ ފުލުގައި އޮތް ދަ ގްރާންޑޭއިން ފުރަތަމަ މޮޅު ހޯދީ ލީގުގައި އެޓީމް ކުޅުނު ފަހު މެޗުގައި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އަތުންނެވެ. ދަ ގްރާންޑޭއަށްވުރެ ކުރީގައި ހަތްވަނާގައި އޮތް ސަސް އަތުން އެޓީމު މޮޅުވީ 6-1ންނެވެ. މެޗުގައި ދަ ގްރާންޑޭގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދައިދިނީ އަބްދުﷲ ޖުނައިދުއެވެ. ޖެހިގެން އައި ހަތަރު ލަނޑު ޖަހައި ހެޓްރިކްހެދީ ބިދޭސީ ފޯވާޑް ހޫގޯ ނިކޮލަސްއެވެ. ފަހު ލަނޑު ޖެހީ އަހުމަދު ޝަމާލްއެވެ. ސަސްގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހީމް އަތީގު ހަސަންއެވެ.

މިމޮޅާއެކު ދަ ގްރާންޑޭއަށް އޮތް ހިތްހަމަޖެހުމަކީ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަށް ކުޅެންޖެހޭ ކޮލިފިކޭޝަންގެ ކުރިން މޮޅެއް ލިބުމެވެ. 21 މެޗުން ދަ ގްރާންޑޭއަށް ލިބުނީ ފަސް ޕޮއިންޓެވެ. ގްރީން އަތުން ދެ ބުރުގައި ދެ ޕޮއިންޓް ހޯދިއެވެ. ސަސް ލީގު ނިންމާލީ 15 ޕޮއިންޓާއެކުއެވެ.

ލީގުގައި އާދިއްތަ ދުވަހުގެރޭ ވާދަކުރާނީ ގްރީން ސްޓްރީޓްސްއާއި ޓީސީއެވެ. މިއީ ގަދަ ހަތަރެއްގެ ޖާގައަށް ވާދަކުރާ ދެޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް