ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 08:01
ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާއިން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ބާސެލޯނާއިން އައު ސީޒަނަށް ތައްޔާރުވުން
ފުރިހަމަ މޮޅަކާއެކު ބާސެލޯނާއިން ޕްރީ ސީޒަން ނިންމާލައިފި
 
ނިއު ޔޯކް ރެޑް ބުލްސްއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 ން

ނިއު ޔޯކް ރެޑް ބުލްސް ބަލިކޮށް، ފުރިހަމަ މޮޅަކާއެކު ބާސެލޯނާއިން ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗުތައް ނިންމާލައިފިއެވެ.

ޕްރީ ސީޒަންގައި ބާސެލޯނާއިން ވަނީ ޖުމުލަ ހަ މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ ފަސް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. ބާސެލޯނާ އެއްވަރުވީ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ނިއު ޔޯކް ރެޑް ބުލްސްއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-0 ންނެވެ. ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ޖެހީ އޮސްމާން ޑެމްބެލޭއެވެ. އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހު ވަގުުތުގެ ތެރޭގައެވެ. އެއީ 87 ވަނަ މިނެޓުގައި މެމްފިސް ޑިޕާއި ޖެހި ލަނޑެކެވެ.

އައު ސީޒަނުގެ ފުރަތަމަ މެޗުގައި ބާސެލޯނާއިން ނުކުންނާނީ ޖޯން ގެމްބަރ ޓްރޮފީގެ ފައިނަލްގައި މެކްސިކޯގެ ޕިއުމަސްއާ ދެކޮޅަށް އޯގަސްޓު ހަތް ވަނަ ދުވަހުއެވެ. އޭގެ ފަހުން އޯގަސްޓު 14 ވަނަ ދުވަހު ސްޕެނިޝް ލީގުގެ ފުރަތަމަ މެޗުގައި ނުކުންނަނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް