ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 08:00
ޔުނައިޓެޑާއި އެތުލެޓިކޯ ކުޅުނު މެޗުގެ ތެރެއިން
ޔުނައިޓެޑާއި އެތުލެޓިކޯ ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
އައު ސީޒަނަށް ޔުނައިޓެޑުން ތައްޔާރުވުން
އެތުލެޓިކޯއިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި
 
މެޗުގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ޖެހީ ޔާއޯ ފެލިކްސް

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މިއީ އައު ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ކުޅުނު މެޗެއްގައި ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޔުނައިޓެޑުން ހަތަރު މެޗު ކުޅެފައިވާއިރު، އެ ޓީމު ވަނީ ތިން މެޗުން މޮޅުވެފައެވެ. އެއީ ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗާއި، މެލްބޯން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ ޓީމު ވަނީ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެތުލެޓިކޯ އަތުން ޔުނައިޓެޑް ބަލިވީ 1-0 ންނެވެ. މެޗުގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ޖެހީ ޔާއޯ ފެލިކްސް އެވެ.

މެޗަށްފަހު ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ބުނީ މެޗުގައި ޔުނައިޓެޑަށް ލަނޑެއް ނުޖެހުނީތީ އެކަން ޤަބޫލުކުރަން ދަތިކަމަށެވެ. އޭނާ ބުނީ މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް، އޭގެ ފައިދާ ނަގަން ޖެހޭނެ ކަމަށެވެ. ޓެން ހާގް ބުނީ އެތުލެޓިކޯއަށް ގިނަ ފުރުސަތެއް ލިބުނު ނަމަވެސް، ކާމިޔާބުކުރެވުނީ އެއް ލަނޑު ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މެޗުގައި ޓީމު ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.

ޕްރީ ސީޒަންގެ އެކުވެރިކަމުގެ ފަހު މެޗުގައި ޔުނައިޓެޑު ނުކުންނާނީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށެވެ. އެ މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ރޮނާލްޑޯ މިހާރު އަންނަނީ ޔުނައިޓެޑާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް