ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 05:21
ނާއިބު ރައީސް އަދި އެމްޓީސީސީގެ ޓީމުން ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅު
ނާއިބު ރައީސް އަދި އެމްޓީސީސީގެ ޓީމުން ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅު
އެމްޓީސީސީ
އެމްޓީސީސީގެ ދެވަނަ ކުއާޓަރ ރިޕޯޓު
އަހަރުގެ ފުރަތަމަ ހަ މަހު އެމްޓީސީސީއަށް 130 މިލިއަން ރުފިޔާގެ ފައިދާއެއް
ދެވަނަ ކުއާޓަރުގައި 66 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު
އެމްޓީސީސީއަށް 593 މިލިއަން ރުފިޔާގެ އާމްދަނީއެއް މި ކުއާޓަރުގައި ލިބުނު

މިއަހަރުގެ ފުރަތަމަ ހަ މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ލިބުނު ފައިދާ 130 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެމްޓީސީސީން ވަނީ އެކުންފުނީގެ ދެވަނަ ކުއާޓަރުގެ މާލީ ހާލަތު އާންމުކޮށްފައެވެ. ދެވަނަ ކުއާޓަރ ރިޕޯޓުން ދައްކާގޮތުގައި ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި 94.5 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން 77.7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު 66.1 މިލިއަން ރުފިޔާގެ ފައިދާއެއް އެމްޓީސީސީއަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 88.6 މިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު 64 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވެއެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެމްޓީސީސީއަށް ލިބުނު ފައިދާ ވަނީ 130 މިލިއަން ރުފިޔާއަށް އަރާފައެވެ.

ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 593 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 550 މިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ.

މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 271.82 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

- ކޮމެންޓް