ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 23:32
ލަނޑުޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން: ފޮޓޯ-ލިވަޕޫލް
ލަނޑުޖެހުމަށްފަހު ލިވަޕޫލް ކުޅުންތެރިން: ފޮޓޯ-ލިވަޕޫލް
ކޮމިއުނިޓީ ޝީލްޑް
ސިޓީ ބަލިކޮށް، ކޮމިއުނިޓީ ޝީލްޑް ލިވަޕޫލަށް
 
މެޗުގައި ތަފާތު ދެއްކީ ދެވަނަ ހާފްގައި ނުކުމެ ނޫނޭޒް

ލިވަޕޫލާ އަލަށް ގުޅުނު އުރުގުއޭގެ ފޯވާޑް ނޫނޭޒް ދެވަނަ ހާފްގައި ނުކުމެ, ލިވަޕޫލަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދީފިއެވެ.

އިނގިރޭސި ސީޒަން ހުޅުވަން ކުޅުނު ކޮމިއުނިޓީ ޝީލްޑް ލިވަޕޫލުން ކާމިޔާބުކުރީ ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ 3-1 ން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލަށް ކުރިހޯދައިދިނީ އަލެގްޒެންޑަރ އާނޯލްޑެވެ. މިސްރު ފޯވާޑް ސަލާހު ޖައްސާލި ބޯޅަ އާނޯލްޑް ގޯލްގެ ތެރެއަށް ފޮނުވާލީ އޭރިޔާ ބޭރުންނެވެ. ޑިފެންޑަރ ނަތަން އަކޭ ބޯމަތިން ދިޔަ ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފް ފަށައިގެން ސިޓީން މާރޭޒްއާއި ގްރީލިޝްގެ ބަދަލުގައި ފޮޑެންއާއި އަލްވާރޭޒް ކުޅެން ނެރުނެވެ. ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްވާރޭޒްއެވެ. މިއީ މިސީޒަންގައި ސިޓީއަށް ބަދަލުވެ, އާޖެންޓީނާގެ ޒުވާން ފޯވާޑް ކުޅުނު ފުރަތަމަ މެޗެވެ. އެލަނޑުގައި ބޮޑު ހިއްސާއެއްވީ ފޮޑެންއެވެ. އެކަމަކު ރެފްރީ ލަނޑެއްކަމަށް ނިންމީ ގިނައިރުތަކެއް ވަންދެން ވީއޭއާރުން ބެލުމަށްފަހުއެވެ. އެއީ ސިޓީ ކުޅުންތެރިން އޮފްސައިޑްކަމަށް ލައިންސްމަން ދިދަ ނަގާފައިވާތީއެވެ. ލަނޑަށްފަހު ސިޓީން ގޭމް ކޮންޓްރޯލްކޮށް ކުޅެމުންދަނިކޮށް, މައްސަލަ ކުރިމަތިވީ ލިވަޕޫލަށް ޕެނަލްޓީއެއް ލިބުމުންނެވެ. ދެވަނަ ހާފްގައި ކުޅެން ނުކުތް ނޫނޭޒް ބޮލުން ފޮނުވާލި ބޯޅައެއް ސިޓީގެ ކެޕްޓަން ރުބެން ޑިއާޒް އަތުގައި ޖެހުނު ނަމަވެސް، ރެފްރީ ޕެނަލްޓީ ދިނީ އޭގެ އިރުކޮޅެއް ފަހުން ވީއޭއާރުން ބެލުމަށްފަހުއެވެ. އެކަމާ ސިޓީގެ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަ ޖެއްސިއެވެ. ތަކުރާރުކޮށް ރެފްރީގެ ނިންމުމާ ދެކޮޅު ހެދުމުން ރުބެން ޑިއާޒް ހުއްޓުވީ ރީނދޫ ކާޑަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ސަލާހުއެވެ. ޕެނަލްޓީގެ ކުރިންވެސް ނޫނޭޒް ފޮނުވާލި ބޯޅައެއް ސިޓީގެ ކީޕަރު މޭގައި ޖެހުމަށްފަހު ކުޅުމުގެ ތެރެއަށް އައެވެ.

ސިޓީން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރިއަށް ޖެހިގެން އުޅުނު ވަގުތު ލިވަޕޫލަށް ނޫނޭޒް ލީޑް ފުޅާކޮށްދިނީ އިތުރު ވަގުތުގައި ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. ލަނޑަށްފަހު އުފާފާޅުކުރުމުގެ ގޮތުން އޭނާ ޖަރޒީ ބޭލުމުން ރީނދޫ ކާޑެއް ދެއްކިއެވެ. މެޗުގެ 90 މިނެޓުގައ ހާލާންޑް ކުޅުނު ނަމަވެސް މާބޮޑު ތަފާތެއް ނުދެއްކުނެވެ. އިތުރު ވަގުތުގައި މުޅިން ހުހަށް ލިބުމުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. މެޗުގައި އޭނާ ގޯލެއް ޖެހިނަމަވެސް ބޯޅަ ހާލާންޑްއަށް ދިނީ ބޭރުވެފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް