ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 15:59
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރޮއިޓަސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހުކުމް ނުކޮށް ބަންދުގައި ތިބި މީހުންގެ އަޑުއެހުންތައް އަވަސްކުރަންޖެހޭ: މޯދީ
އަޑު އެހުންތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް ޑިސްޓްރިކްތަކުގެ ގާޒީންނަށް އިލްތިމާސްކުރެއްވި
މޯދީ ވިދާޅުވީ ޑިސްޓްރިކްޓް ލީގަލް ސަރވިސް އޮތޯރިޓީތަކަށް، އެމީހުންގެ އަޑުއެހުންތައް އަވަސްކޮށްދިނުމުގެ މަސައްކަތް ކުރެވޭނެކަމަށް
ޖުޑިޝަރީގެ މަސައްކަތްތައް އަވަސްކޮށް، ހުކުމަކާނުލައި ބަންދުގައި ތިބޭ މީހުން ބަންދުން ދޫކޮށްލުމުގެ މަސައްކަތް އަވަހަށް ކުރަންޖެހޭކަމަށް ވިދާޅުވި

އިންޑިއާގައި، އެކި ތުހުމަތުތަކުގައި ހުކުމްނުކޮށް ބަންދުގައި ތިބި މީހުންގެ އަޑުއެހުންތައް އަވަސްކުރަންޖެހޭކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ އޯލް އިންޑިއާ ޑިސްޓްރިކްޓް ލީގަލް ސަރވިސަސް އޮތޯރިޓީސް މީޓްގައި ވާހަކަފުޅުދައްކަވަމުން، ހޮނިހިރު ދުވަހުއެވެ.

މޯދީ ވިދާޅުވީ، ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައާއި ދިރިއުޅުމުގައި ފަސޭހަގޮތްތައް ފޯރުކޮށްދޭފަދައިން، އިންސާފު ހޯދުމުގައިވެސް ފަސޭހަގޮތްތައް ހޯދައިދޭންޖެހޭނެކަމަށެވެ. އަދި ޖުޑިޝަރީގެ މަސައްކަތްތައް އަވަސްކޮށް، ހުކުމުކާނުލައި ބަންދުގައި ތިބޭ މީހުން ބަންދުން ދޫކޮށްލުމުގެ މަސައްކަތް އަވަހަށް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ހުކުމަކާނުލައި ބަންދުގައި އެތައް ބަޔަކު އެބަތިބިކަން ފާހަގަކުރައްވައި މޯދީ ވަނީ، ޑިސްޓްރިކްޓް ލީގަލް ސަރވިސް އޮތޯރިޓީތަކަށް އެމީހުންގެ އަޑުއެހުންތައް އަވަސްކޮށްދިނުމުގެ މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މޯދީ ވަނީ، އަޑު އެހުންތައް ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް ޑިސްޓްރިކްތަކުގެ ގާޒީންނަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް