ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 18:51
އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ލީކްވި ވީޑިއޯގައި ފެންނަ ކޮޓަރިި
އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ލީކްވި ވީޑިއޯގައި ފެންނަ ކޮޓަރިި
ސޯޝަލްމީޑިއާ
ފުލުހުންގެ އޮޕަރޭޝަން
އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ
މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރްއާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގައި، އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް، އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯއާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި، މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭކަމަށް ގަސްތުގައި ދޮގު ޚަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހިކުރުވުމަށް މަސައްކަތްކުރަމުންދިޔަަކަން ފާހަގަކުރެވޭތީ، މިފަދަ ފޮޓޯއާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް (ފަރުދީގޮތުން) މީހުންނާމެދު އެޅުމުގެކުރިން، ވީޑިއޯއާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް އެ ޚިދުމަތުގެ ފޮރެންސިކް ސަރވިސްއިންކޮށް، ވީޑީއޯއާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް، އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަހުލީލުން ކަށަވަރުކުރުމަށް އެ ޚިދުމަތުން މަސައްކަތްކުރަމުންދާކަމަށެވެ.

Advertisement

އެގޮތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކޮށް، މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް އެސަރވިސްއިން ދަނީ ހިންގަމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް، އެމީހުންގެ މައްސަލަތައް ތަހުގީގުކުރަމުންދާކަން އެންގުން ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާކަމަށް ފަތުރާފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތެއް ކަމުގައެވެ. އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށެވެ. އަދި މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ހިންގާ އޮޕަރޭޝަނަށް އިޝާރާތްކުރައްވައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މުޑުދާރު އަމަލު ހިންގާ މީހުންނާމެދު ގާނޫނުގައިވާ ފިޔަވަޅު އެޅުމަށް ފުލުހުން ފަސްނުޖެހޭނެކަން އަބަދުވެސް ކަށަވަރުކުރައްވާނެކަމަށެވެ. ނަމަވެސް ޖިނާއީ އަދުލު ހިންގުމަކީ ހަމައެކަނި ފުލުހުންގެ އަތްމަތީގައި އޮތް ކަމެއް ނޫންކަމަށެވެ. ނިޒާމުގައި ހިމެނޭ އެންމެން ﷲށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް