ކ. މާލެ
|
27 ޖުލައި 2022 | ބުދަ 20:39
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް -- ފޮޓޯ: ޔޫސުފް ސޮފްވާން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް -- ފޮޓޯ: ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ
އިންޑޮނޭޝިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފި
ވިސާ ހޯދުމުގައި ލުއިތަކެއް ހޯއްދަވައިދެއްވުމަށް ރައީސް އިންޑޮނޭޝިއާގެ ސަފީރާ މަޝްވަރާކުރެއްވި
ދިވެހިންނަށް މިހާރުވެސް 87 ގައުމަކުން އޮންއެރައިވަލް ވިސާ ލިބޭ
ބުދަ ދުވަހުގެ ރޭ 12:00ން ފެށިގެން، ވިސާ ނެތި ދިވެހިންނަށް އިންޑޮނޭޝިއާއަށް ދެވޭނެ

އިންޑޮނޭޝިއާއިން އޮން އެރައިވަލް ވިސާ ދޫކުރަން ނިންމި ގައުމުތަކުގެ ލިސްޓަށް ރާއްޖެ އިތުރުކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އިންޑޮނޭޝިއާގެ އިމިގްރޭޝަނުންނެވެ. އެގޮތުން، ރާއްޖެ ހިމެނޭހެން އެ ގައުމުން އޮން އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި 75 ގައުމެއް ހިމެނޭކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ، ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާތީ އިންޑޮނޭޝިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. އޮން އެރައިވަލް ވިސާ ދޫކުރަން ފަށާނީ ބުދަ ދުވަހުގެ ރޭ 12:00ން ފެށިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން ނިންމާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެކަމަށް އެދިވަޑައިގެންފައިވަނިކޮށެވެ. އެގޮތުން އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ދޭވީ ގުސްތީނާ ޓޯބިންގ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް މިދިޔަ މެއިމަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑޮނޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށާއި ވިޔަފާރީގެ ބޭނުމުގައި ދަތުރުކުރާ ގައުމެކެވެ.

ދިވެހިންނަށް މިހާރުވެސް ދުރާލައި ވިސާ ނުނަގައި 87 ގައުމަކަށް ދަތުރު ކުރެވެއެވެ. އިތުރު ގައުމުތަކުންވެސް އޮންއެރައިވަލް ވިސާ ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް