ކ. މާލެ
|
27 ޖުލައި 2022 | ބުދަ 19:33
ނިއުރޭޑިއަންޓާއި ވިކްޓްރީންވެސް ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ ޖާގައަކަށް
ނިއުރޭޑިއަންޓާއި ވިކްޓްރީންވެސް ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ ޖާގައަކަށް
އެފްއޭއެމް
ދިވެހި ލީގު ކޮލިފިކޭޝަން
ކޮލިފިކޭޝަންއަށް އިތުރު ކުޅުންތެރިން ހިމެނުމުގެ ފުރުސަތެއް ނެތް!
ސަސްއާއި ދަ ގްރާންޑޭ ކޮލިފިކޭޝަންގައި ވާދަކުރާނެ

ދިވެހި ލީގު ކޮލިފިކޭޝަންގައ ވާދަކުރާ ޓީމްތަކަށް އިތުރު ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ނުދޭން ނިންމައިފިއެވެ.

އެފްއޭއެމްއިން މިއަދު މީޑިޔާތަކާ ހިއްސާކުރި ސަރކިއުލާގައިވާ ގޮތުން; ދިވެހި ލީގު ކޮލިފިކޭޝަންގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން އެއްވެސް ޓީމަކަށް، މިހާރު ރަޖިސްޓްރީކޮށްފައިވާ ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިއަކު ރަޖިސްޓްރީކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ދެވަނަ ޑިވިޝަންގެ ފައިނަލްގައި ވާދަކުރާ ދެޓީމުވެސް ކޮލިފިކޭޝަންގައި ވާދަކުރަން ޖެހޭނީ މިހާރު ރަޖިސްޓްރީކޮށްފައިވާ ސްކޮޑާއެކުއެވެ. އަދި ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ފުލަށްގޮސްފައިވާ ދެޓީމްވެސް ކޮލިފިކޭޝަންގައި ވާދަކުރާނީ ލީގުގައި ވާދަކުރުމަށް ރަޖިސްޓްރީކޮށްފައިވާ ސްކޮޑާއެކުއެވެ. ލީގުގެ ފުލަށް ގޮސްގެން ކޮލިފިކޭޝަންގައި ވާދަކުރަން ޖެހިފައިވަނީ ދަ ގްރާންޑޭއާއި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް)އަށެވެ.

ދެވަނަ ޑިވިޝަނުން ކޮލިފިކޭޝަންގައި ވާދަކުރާނެ ދެޓީމް އަދި ޔަގީނެއް ނުވެއެވެ. އެމުބާރާތުގައި ކުޅެމުންދަނީ ގްރޫޕް ސްޓޭޖެވެ. އެއްވަނަ ޑިވިޝަނުން ޖާގަ ހޯދަން މަސައްކަތްކުރާ ޓީމްތަކުގެ ތެރޭގައި ކުރީގެ ގަދަ ދެބާރު, އަދި ފުޓްބޯޅައިގެ އެންމެ ކާމިޔާބު ދެޓީމްކަމަށްވާ ނިއުރޭޑިއަންޓާއި ވިކްޓްރީ ހިމެނެއެވެ. 2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނީ މިހާރު ކުރިއަށްދާ ލީގުގެ ގަދަ ހަ ޓީމާއި, ކޮލިފިކޭޝަނުން ކުރި ހޯދާ ދެ ޓީމަށެވެ.

ކޮލިފިކޭޝަންގައި ކުޅޭނީ ހަތަރު ޓީމްގެ މެދުގައި ލީގު ބުރެކެވެ. ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމަށް ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބޭނެއެވެ. ފުލަށްދާ ދެޓީމް ވާދަކުރަންޖެހޭނީ ދެވަނަ ޑިވިޝަންގައެވެ.

- ކޮމެންޓް