ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 04:45
އަލްބޭނިއާގެ ރައީސްކަމުގެ ހުވާ ބަޖްރަމް ބޭގާޖް ކުރައްވަނީ
އަލްބޭނިއާގެ ރައީސްކަމުގެ ހުވާ ބަޖްރަމް ބޭގާޖް ކުރައްވަނީ
ރޮއިޓާރސް
އަލްބޭނިއާގެ ރައީސް
އަލްބޭނިއާގެ ރައީސްކަމަށް ބަޖްރަމް ބޭގާޖް
ބޭގާޖް އަކީ އަލްބޭނިއާގެ ކުރީގެ ޗީފް އޮފް ސްޓާފް

އަލްބޭނިއާގެ ރައީސްކަމުގެ ހުވާ އެގައުމުގެ ކުރީގެ ޗީފް އޮފް ސްޓާފް ބަޖްރަމް ބޭގާޖް ކުރައްވައިފިއެވެ.

އުމުރުފުޅުން 55 އަހަރުގެ ބޭގާޖް ރައީސްކަމަށް ހޮއްވަވާފައިވަނީ އަލްބޭނިއާގެ ގާނޫނު ހަދާ މަޖިލީހުންނެވެ. ރައީސްކަމަށް ބޭގާޖް ހޮވުމަށް ގެންދިޔަ ޖަލްސާ އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބޮއިކޮޓްކޮށްފައިވެއެވެ.

ބެގާޖްގެ ކުރިން އެގައުމުގައި ރައީސްކަމުގައި ހުންނެވީ އިލިރް މެޓާއެވެ.

ބޭގާޖްއަކީ މިނިވަން މެންބަރެއް ނަމަވެސް، އޭނާ ވެރިކަމަށް ހޮއްވަވާފައިވަނީ ކުރީގެ ރައީސް އަދި އެގައުމުގައި ވެރިކަން ކުރަމުން އަންނަ ޕާޓީ ސޯޝަލިސްޓް ޕާޓީންނެވެ. އަދި އޭނާ އެ ޕާޓީ ތަމްސީލުކުރައްވާނެ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ވެރިކަމުގައި ހުންނެވި މެޓާ މަގާމުން އަޒުލުކޮށްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. ނަމަވެސް ބަލްކަން ގައުމުގެތަކުގެ ކޮންސިޓިޓިއުޝަނަލް ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް މެޓާއަށް މަގާމުގައި ހުންނެވޭނެ ކަމަށް ނިންމަވާފައެވެ. އޭނާ މަގާމުން ދުރުވެވަޑައިގަތީ ނިމިގެންދިޔަ އާދީއްތަ ދުވަހުއެވެ.

އަލްބޭނިއާގެ ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ނަމަވެސް ޝަރުއީ އަދި އަސްކަރިއްޔާގެ މައްޗަށް ރައީސްކަމުގައި ހުންނަވާ މީހަކަށް ބާރު ހިންގެއެވެ.

- ކޮމެންޓް