ކ. މާލެ
|
23 ޖުލައި 2022 | ހޮނިހިރު 17:45
ޕީއެސްޖީގެ މެޗުގެ ތެރެއިން
ޕީއެސްޖީގެ މެޗުގެ ތެރެއިން
ޕީއެސްޖީ
އައު ސީޒަނަށް ޕީއެސްޖީން ތައްޔާރުވުން
ރެޑް ޑައިމަންޑްސް ބަލިކޮށް، ޕީއެސްޖީން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި
ރެޑް ޑައިމަންޑްސްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދީ 3-0 ން

އުރަވާ ރެޑް ޑައިމަންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

މިއީ ޕްރީ ސީޒަންގައި އެ ޓީމުން ކުޅުނު ތިން ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ދެ މެޗުން ވެސް ޕީއެސްޖީ ވަނީ މޮޅުވެފައެވެ. ރެޑް ޑައިމަންޑްސްއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 ންނެވެ.

މެޗު ޕީއެސްޖީން ފަށާފައިވަނީ ބަދަލުތަކަކާއެކުއެވެ. އެގޮތުން އެ ޓީމުގެ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ، ބްރެޒިލްގެ ނޭމާ ޖޫނިއަރ ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީން ވަނީ މުޅި ޓީމު އެއްކޮށް ބަދަލުކޮށްފައެވެ. ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ މެސީ، ނޭމާ، ސާޖިއޯ ރާމޯސް، އަޝްރަފް ހަކީމީ، ކިމްޕެމްބޭ، ވިޓީނިއާ، އަދި ނޫނޯ މެންޑޭސް ފަދަ މުހިންމު ކުޅުންތެރިން އަރުވާފައެވެ.

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 16 ވަނަ މިނެޓުގައި ޕަބްލޯ ސަރަބިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 34 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު 76 ވަނަ މިނެޓުގައި ޖެހީ ކަލިމުންޑޯއެވެ.

ޕްރީ ސީޒަންގެ ހަތަރު ހަތަރު ވަނަ މެޗުގައި ޕީއެސްޖީން ނިކުންނާނީ ގަމްބާ އޮސަކާއާ ދެކޮޅަށެވެ. އައު ސީޒަނަށް ޕީއެސްޖީގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ކްރިސްޓޮފް ގަލްޓިއޭގެ އިރުޝާދުގެ ޕީއެސްޖީން އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް