އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕެނަލްޓީގައި ޝާލޮޓް އަތުން ޗެލްސީ ބަލިވެއްޖެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝާލޮޓް އިން ކާމިޔާބުކުރީ 5-3 ންނެވެ.
މެޗުގައި ޗެލްސީން ވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނާފައެވެ. އޭގެ ތެރޭގައި ކްރިސްޓިއަން ޕުލިސިޗް، ހަކީމް ޒިޔެޗް، ޖޯނިނޯ، މާކޮސް އެލޮންސޯ، ތިއާގީ ސިލްވާ އަދި ކީޕަރު މެންޑީ ހިމެނެއެވެ. މެޗުގައި ޗެލްސީން ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، ދާދި ފަހުން އެ ޓީމަށް ގެނައި ރަހީމް ސްޓާލިން ވެސް ވަނީ މި މެޗުގައި ކުޅެފައެވެ.
ޗެލްސީން ވަނީ މެޗުގެ 30 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޕުލިސިޗްއެވެ. އެއް ގޯލުގެ ލީޑެއްގައި އޮވެ ޗެލްސީން ކުޅެމުން ދަނިކޮށް، ޝާލޮޓް އިން ވަނީ ފަހު ވަގުތު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި މި ލަނޑު ޖެހީ ރިއޯސް އެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޝާލޮޓް އިން ވަނީ އެ ޓީމުގެ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެއީ ރިއޯސް، މަކައުން، ވޯލްކްސް، މޯރާ އަދި ޖޮޒްވިއަކް ޖެހި ޕެނަލްޓީއެވެ. ޗެލްސީގެ ތިން ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކުރެވުނުއިރު، އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އެ ޓީމަށް ކާމިޔާބު ކުރެވުނީ، ހަވާޓެޒް، ޗިލްވެލް އަދި ސްޓާލިންގެ ޕެނަލްޓީއެވެ. ޗެލްސީގެ ގަލަގަރ ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބު ނުވެފައެވެ. އެ ނަތީޖާއާއެކު ޝާލޮޓް އިން ޗެލްސީގެ މައްޗަށް ކުރި ހޯދީ 6-4 ންނެވެ.
އެކުވެރިކަމުގެ މެޗެއްގައި މި މަހުގެ 24 ވަނަ ދުވަހު ޗެލްސީ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.