ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 07:23
ރިޝީ ސުނާކު
ރިޝީ ސުނާކު
ރޮއިޓާރސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކު ހޮވުން
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ހޮވޭނީ ސުނާކް ނުވަތަ ޓްރޫސް
5 ވަނަ ބުރުގައި ކުރީގައި އޮތީ ސުނާކެ
ޓްރޫސްއަށް 113 ވޯޓު ލިބިފައިވޭ
ރޭހުން ބޭރުވެފައިވަނީ ޕެނީ މޯރޑޮންޓް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ހޮވޭނީ ރިޝީ ސުނާކު ނުވަތަ ލިޒް ޓްރޫސްކަން ޔަގީންވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހޮވުމަށް ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނަގަމުން އަންނަ ވޯޓުގެ 5 ވަނަ ބުރުގައި އެއް ކެންޑިޑޭޓަކު ވަނީ ރޭހުން ބޭރުވެފައެވެ. އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރޭޑް ޕޮލިސީ ޕެނީ މޯރޑޮންޓެވެ.

5 ވަނަ ބުރުގައި ކުރީގައި ހުންނެވީ ސުނާކް އެވެ. އޭނާއަށް 137 ވޯޓު ލިބިވަޑައިގެންފައިވެއެވެ. 113 ވޯޓާއެކު ދެވަނައަށް ގޮސްފައިވަނީ ޓުރޫސްއެވެ. އަދި މޯރޑޮންޓަށް ލިބިވަޑައިގެންފައިވަނީ 105 ވޯޓެވެ. މިއާއެކު ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެ ދެ ކެންޑިޑޭޓުން ވަނީ ޔަޤީންވެފައެވެ.

ބޮޑުވަޒީރުކަމަށް ވާދަކުރައްވަން 2 ކެނޑިޑޭޓުންނާ ޖެހެންދެން ނޮކްއައުޓް އުސޫލުން ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރޭހުގައި މިހާރު ބޮޑުވަޒީރުކަމަށް ވާދަކުރައްވާ 2 ކެނޑިޑޭޓުން ތިއްބެވިއިރު، މި 2 ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރާއި ޕާޓީގެ ލީޑަރު ހޮވަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓުލާނެއެވެ.

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

- ކޮމެންޓް