Advertisement
ކ. މާލެ
|
14 ޖުލައި 2022 | ބުރާސްފަތި 21:10
ރައީސް ނަޝީދު
ރައީސް ނަޝީދު
މަޖުލިސް
ގޮތަބަޔާ އިސްތިއުފާދެއްވުން
ލަންކާގައި ހުންނެވިނަމަ ގޮތަބަޔާ އިސްތިއުފާ ދެއްވާނެކަމަށް ގަބޫލެއްނުކުރަން: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން ލަންކާގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ފާޑުކިޔާފައި
ލަންކާގައި ގޮތަބަޔާގެ ފުރާނައަށް ނުރައްކާ އޮތްކަން ފާހަގަކުރެއްވި

ސްރީލަންކާގައި ހުންނެވިނަމަ އެ ގައުމުގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެން ގޮތަބަޔާ އިސްތިއުފާދެއްވުމާގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ނަޝީދު ވަނީ ގޮތަބަޔާ އިސްތިއުފާދެއްވައިފިކަމަށާއި، ލަންކާއަށް ކުރިމަގެއް ފެންނާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހުންނެވިނަމަ ގޮތަބަޔާ އިސްތއިުފާދެއްވާނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ. ސަބަބަކީ ގޮތަބަޔާގެ ފުރާނައަށް ނުރައްކާއޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި ރާއްޖެއިން ނެގި ފިޔަވަޅުތަކަށް ސާބަސްދެއްވާ ކަަމަށްވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ނަޝީދުގެ މި ޓްވީޓާއެކު ލަންކާގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ރައްދުދީ ފާޑުކިޔައިފައެވެ. އެގޮތުން، މިއީ ލަންކާގެ ދާޚިލީކަމެއްކަމަށާއި، ބޭރު ގައުމެއްގެ ބޭފުޅަކު އެކަމުގައި ބައިވެރިވެވަޑައިނުގަތުމަށް ވަނީ އެދިފައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެވަޑައިގަތީ ނަޝީދުގެ ދައުވަތަކަށެވެ. ނަމަވެސް އެކަމާގުޅޭގޮތުން މިހާތަނަށް އެމަނިކުފާނު އެއްވެސް ޖަވާބެއް ދެއްވާފައެއްނުވެއެވެ.

ގޮތަބަޔާ ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެންނެވީ ރާއްޖޭގައި 1 ދުވަހު މަޑުކުރެއްވުމަށްފަހުއެވެ. ސިންގަޕޫރުގައި މަޑުކުރެއްވުމަށްފަހު ގޮތަބަޔާ ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެކަމަށްވެސް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް