ކ. މާލެ
|
14 ޖުލައި 2022 | ބުރާސްފަތި 10:02
ރޮޑްރީގޯ
ރޮޑްރީގޯ
ޓްވިޓަރ
ރޮޑްރީގޯ ރެއާލްގައި މަޑުކުރަން ނިންމުން
ރެއާލްގެ ކޮންޓްރެކްޓު ރޮޑްރީގޯ އައުކޮށްފި
ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ 2028 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފައި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ރޮޑްރީގޯ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޒުވާން ކުޅުންތެރިޔާ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ 2028 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފައެވެ. އެ އެއްބަސްވުމާއެކު އޭނާއަށް މިހާރު ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ދެން ލިބޭނެއެވެ.

އުމުުރުން 21 އަހަރުގެ ރޮޑްރީގޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2017 ވަނަ އަހަރު ބްރެޒިލްގެ ސަންތޯސްއިންނެވެ. އޭނާ ވަނީ އެ ޓީމަށް 80 މެޗު ކުޅެދީ, 17 ލަނޑު ޖަހާފައެވެ. ރޮޑްރީގޯ، ސަންތޯސް ދޫކޮށް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ރެއާލަށް 108 މެޗު ކުޅެދީ 18 ލަނޑު ޖަހާފައެވެ. ރޮޑްރީގޯ ވަނީ ނިމުނު ސީޒަންގައި ރެއާލުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އޭގެ ތެރޭގައި ކުއާޓަރ ފައިނަލްގެ ދެ ވަނަ ލެގުގައި ޗެލްސީ ކޮޅަށް އޭނާ ވަނީ ލަނޑުޖަހައި، ރެއާލް ސެމީއަށް ގެންދިޔުމުގައި އެހީތެރިވެދީފައެވެ. މީގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލްގައި އޭނާ ވަނީ މެންޗެސްޓަރ ސިޓީ ކޮޅަށް ދެ ލަނޑު ޖަހައި ރެއާލް ފައިނަލަށް ގެންދިޔުމުގައި އިސްދައުުރެއް އަދާކޮށްފައެވެ.

ރޮޑްރީގޯ ވަނީ ރެއާލާއެކު ސްޕެނިޝް ލީގު ދެ ފަހަރު، ސްޕެނިޝް ސުޕް ކަޕް ދެ ފަހަރު، އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ. ރޮޑްރީގޯ އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ގައުމީ ޓީމަށްވެސް ކުޅެމުންނެވެ.

- ކޮމެންޓް