Advertisement
ކ. މާލެ
|
13 ޖުލައި 2022 | ބުދަ 17:18
ލަންކާގެ ރައްޔިތުން މުޒާހަރާކުރަނީ
ލަންކާގެ ރައްޔިތުން މުޒާހަރާކުރަނީ
-
ގޮތަބަޔާ ރާއްޖެވަޑައިގަތުން
ގޮތަބަޔާ ރާއްޖެއިން ފޮނުވާލުމަށް ގޮވާލައި މުޒާހަރާކޮށްފި
މުޒާހަރާ ރޫޅާލީ ދިވެހިންގެ ތެރެއިން ބަޔަކު އެ ސަރަހައްދަށް ގޮސް އަޑުގަދަކުރަންފެށިފަހުން
ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފައި
ލަންކާ ރައްޔިތުން އެދެމުންދިޔައީ ގޮތަބަޔާ އެނބުރި ގައުމަށް ފޮނުވާލުމަށް

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފޮނުވާލުމަށް ގޮވާލައި, ރާއްޖޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

ބުދަ ދުވަހުގެ 3:30ހާއިރު ކުރިއަށްދިޔަ މި މުޒާހަރާ ބާއްވާފައިވަނީ ކާނިވާ ސަރަހައްދުގައެވެ. މުޒާހަރާގައި ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ލަންކާ ރައްޔިތުން ބައިވެރިވެފައިވާއިރު، އެ ފަރާތްތަކުން އެދެމުންދިޔައީ ރާއްޖޭން ގޮތަބަޔާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށެވެ. އަދި އެމަނިކުފާނު ލަންކާއަށް ފޮނުވައިދިނުމަށްވެސް ވަނީ އެދިފައެވެ.

ސުލްހަވެރި ގޮތަކަށް ފެށި މި މުޒާހަރާ ފުލުހުން ވަނީ ރޫޅާލާފައެވެ. ފުލުހުން އެ މުޒާހަރާ ރޫޅާލާފައިވަނީ އެ ސަރަހައްދަށް ދިވެހިންގެ ތެރެއިން ބަޔަކު އެއްވެ އަޑުގަދަކުރަން ފެށުމުންނެވެ. ނަމަވެސް މުޒާހަރާ ރޫޅާލި ސީދާ ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ މި މުޒާހަރާގައި ފުލުހުން ވަނީ ލަންކާގެ ރައްޔިތަކު ހައްޔަރުކޮށްފައެވެ. އެކަމާގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން އަދި ހާމައެއްނުކުރެއެވެ.

Advertisement

ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން މުޒާހަރާކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް އެ ގައުމު ދޫކުރައްވައި ފިއްލަވައިގެން ރާއްޖެވަޑައިގަތުމުންނެވެ. އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގަތުމަށް އުޅުއްވާކަމުގެ ޚަބަރުތައްވެސް ވަނީ ފެތުރިފައެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމާގުޅޭގޮތުން މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މައުލޫމާތުދީފައެއްނުވެއެވެ. ނަމަވެސް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކުރާގޮތުގައި އެމަނިކުފާނު ރާއްޖެވަޑައިގަންނަވަން ދައުވަތުދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. ނަމަވެސް އެފަދަ އެއްވެސް ދައުވަތެއް ނަޝީދު ދެއްވިކަން އެނގިފައިނުވާކަމަށް މަޖިލީހުން ބުނެއެވެ.

ސީއެންއެންގައި ބުނެފައިވައިވާގޮތުގައި ގޮތަބަޔާ ރާއްޖެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު، ސްރީލަންކާގެ ވައިގެ އަސްކަރިއްޔާގެ އޭއެން32 ގެ، ސިފައިން އުފުލާ މަތިންދާ ބޯޓެއްގައެވެ. ލަންކާގެ ވައިގެ އަސްކަރިއްޔާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ސީއެންއެންގައި ބުނެފައިވަނީ ވެލާނާ އެއަރޕޯޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލުން ފްލައިޓް ޖައްސަން ހުއްދަ ނުދިންކަމަށެވެ. ނަަމަވެސް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް ގޮތަބަޔާ ވަޑައިގަންނަވާކަމަށް ވިދާޅުވެ، ފަހުން ފްލައިޓު ޖައްސަން ހުއްދަ ދީފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް