ބުނާތީ އަހަމެވެ. ފޮތް ނެތް ގެޔަކީ ފަޅު ތަނެއް ކަހަލަ އެވެ. ފޮތަކީ އެތައްސަތޭކައަހަރަކުން ފެށިގެންވެސް އިންސާނުންނާއި ވަރަށް ގިނަ ގޮތް ގޮތުން ގުޅިފައިވާ އެއްޗެކެވެ. ފޮތުގެ ޒަރީއާއިން ޚިޔާލީގޮތުން މީހާ ކޮންމެ ފަދަ ތަނަކަށްވެސް ގެންގޮސްދެއެވެ. މައުލޫމާތު މުއްސަދި ކުރުމަށް އެހީތެރިވެދެއެވެ. ފޮތް ކިޔާދެވޭ ނުވަތަ ފޮތްކިޔާ ކުޑަކުދިން މާތޫނުފިލި ކަމަށް ގިނަ ދިރާސާތަކުން ދައްކާފައިވެއެވެ. ކުދިންގެ ޝަޚްސިއްޔަތު ބައްޓަންކޮށް އަދި މުސްތަގްބަލްއަށް އަޒުމްތަކެއް ކަނޑައެޅުމަށް ވެސް ރަނގަޅު ފޮތްތައް އެހީވެދެއެވެ. އެންމެ ބޮޑުކަމަކީ އިންސާނާގެ ފޫހި ފިލުވާދިނުން ނުވަތަ ހުސްވަގުތު ފުރާލުމަށް ފޮތް އަދާކުރާ ރޯލެވެ. ފޮތް ކިއުމަށް އާދަވެފައިވާ ކުއްޖަކު ނުވަތަ މީހަކު ހުސްވަގުތު ގިނަވެގެން ފޫހި ވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ޔޫއޭއީގައި އުޅޭ ފޮތް ކިޔާހިތްވާ މީހުންނަށް މިވަނީ އެގަމުގެ ލީޑަރު ޝޭޚް މުހައްމަދު ބިން ރާޝިދު އަލް މަޙްތޫމް ވަރަށް ރަގަޅު ހަދިޔާއެއް ދެއްވާފައެވެ. އެގައުމުގައި މިދިޔަމަހު ހުޅުވި ބޮޑު ލައިބްރަރީ އެވެ.
ދިވެހިބަހުން މިކިޔާ ފޮތްގޮނޑިއެއްގެ ސިފައިގައި ބިނާ ކޮށްފައިވާ މުހައްމަދު ބިން ރާޝިދު ލައިބްރަރީގައި އެއްމިލިއަނަށް ވުރެ ގިނަ ޑިގިޓަލް އަދި އަސްލު ފޮތް އެބަހުއްޓެވެ. 54 ހާސް އަކަމީޓަރުގެ ސަރަހައްދެއްގައި ހަތް ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ލައިބްރަރީގައި 9 ޑިޕާޓްމަންޓް ހިމެނެއެވެ. މިގޮތުން ޒުވާނުންނަށް، ކުޑަކުދިންނަށް، މީޑިއާ އަދި އާޓްސް، ބިޒްނަސް، ޚާއްސަ ކަލެކްޝަން، މެޕްތަކާ ޗާޓްތައް، އަދި ޖެނެރަލް ލައިބްރަރީ ފަދަ ޑިޕާޓްމަންޓްތައް ހިމެނެއެވެ. ލައިބްރަރީ ހުޅުވުމުގެ މަގްސަދަކީ ކުދިންގެ މެދުގައި ފޮތް ކިއުމުގެ ޝައުގުވެރިކަން އިތުރުކޮށް އާންމު މައުލޫމާތު މުއްސަނދިކޮށް، އުފެއްދުންތެރިކަމަށް ލޯ ހުޅުވާ ދިނުމެވެ. ގައުމުގެ މުސްތަގްބަލްކަމަށްވާ ކުޑަކުދިންނަކީ ޅަފަތުން ފެށިގެންވެސް ތޫނުފިލި އުފެއްދުންތެރި ޚިޔާލު ހުންނަ ކުދިންތަކަކަށް ހެދުމެވެ.
މުހައްމަދު ބިން ރާޝިދު ލައިބްރަރީ ގާއިމްކުރުމަށް 272.3 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު މިތަން އާންމުންނަށް ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގައެވެ.