ކ. މާލެ
|
12 ޖުލައި 2022 | އަންގާރަ 11:41
ވެންޑާލް
ވެންޑާލް
ޓްވީޓަރ
ވެންޑާލް އަޔެކްސްއަށް ބަދަލުވުން
އަޔެކްސްއިން ވެންޑާލްގެ ސޮއި ހޯދައިފި
ވެންޑާލް އަޔެކްސްއަށް ބަދަލުވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ނެދަލެންޑްސްގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ އަލްކްމާރް ޒާންސްޓްރީކަށް ކުޅެމުން އައި އޮވެން ވެންޑާލްގެ ސޮއި އަޔެކްސްއިން ހޯދައިފިއެވެ.

އަންނަ ސީޒަނަށް އަޔެކްސްއިން އަންނަނީ ތިން ކުޅުންތެރިޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ސްޓީވަން ބާގްވިންގެ ޑީލް އެ ޓީމުން ކާމިޔާބުކޮށްފައިވާއިރު، ވެންޑާލް އަކީ އެ ޓީމުން ހޯދި ދެވަނަ ކުޅުންތެރިޔާއެވެ.

ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި އަޔެކްސްއިން މިހާރު ވަނީ 22 އަހަރުގެ ލެފްޓް ބެކްގެ ސޮއި ހޯދާފައެވެ. އަޔެކްސްއިން އޭނާ ހޯދީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ރޮމާނޯ ބުނި ގޮތުގައި އަޔެކްސްގެ ކުޅުންތެރިއެއްގެ ގޮތުގައި ވެންޑާލް ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ.

ވެންޑާލް ވަނީ އޭނާ އަލްކްމާރް ޒާންސްޓްރީކަށް ކުޅެދިން 142 މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ އަކީ ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. 2020 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ވެންޑާލް ވަނީ މިހާތަނަށް ގައުމީ ޓީމަށް 11 މެޗު ކުޅެދީފައެވެ.

- ކޮމެންޓް